ބޭބެއަށް ވަޅިން ހަމަލާދިން އަންހެންމީހާގެ ބަންދަށް 15 ދުވަސް

މާލޭ ގެއެއްގައި އިއްޔެ ހިނގި ހަމަނުޖެހުމެއްގައި ބޭބެއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.
ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދިނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
ޢާއިލީ މައްސަލައެއްގެތެރެއިން ހިންގި މި މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހަމަލާދިނީ ޢުމުރުން 25 އަހަރުގެ އަންހެން ކޮއްކޮއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ހަމަލާދީފައިވަނީ ފިރިހެން މީހާގެ ބޮލަށެވެ. އެ ގޮތުން ސެނެހިޔާ ހޮސްޕިޓަލުގައި އޭނާއަށް ވަނީ ފަރުވާދީފައެވެ.
މިހެން މިވަނީ ސަރުކާރުގެ ނާގާބިލުކަމުން
ސޭޓު ދަރި ފިރިހެނަކަށް ވަޅިން ހަމާދިނީ ސޭޓުދަރި ވީމަ ދޫކޮއްލާފަ، ތަންކޮޅެއް އާދައިގެ މީހެއްވީމަ 15ދުވަސް ބަންދު،