ދުނިޔެ

ޗައިނާއިން ރައްތަށް ހިއްކާތީ ޕިލިޕީންސްއިން ކަންބޮޑުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ޗައިނާ ކަނޑުގެ ބިންހިއްކުމުގެ މަސައްކަތް ޗައިނާއިން ފަށާފައިވާ ކަމަށް ބުނާ ރިޕޯޓްތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ފިލިޕީންސުން ބުނެފިއެވެ.

Ads by WAMCO

އެމެރިކާގެ އޮފިޝަލުންގެ ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ ބްލޫމްބާގް އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާ އަދި ޕިލިޕީންސް އިން ދައުވާ ކުރާ ސްޕްރެޓްލީ އައިލެންޑްސްގެ ވަށައިގެން ޗައިނާ އިން ދަނީ ބިން ހިއްކަމުންނެވެ.

ހައިޑްރޯލިކް އެކްސްކަވޭޓަރަކާ އެކު ޗައިނާގެ އުޅަނދެއް އެތައް އަހަރެއް ވަންދެން އޮޕަރޭޓް ކުރާ ތަން މި ސެޓެލައިޓް އިމޭޖްތަކުން ދައްކަައެވެ.

ފިލިޕީންސްގެ ޚާރިޖީ ވުޒާރާއިން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ކަންކަމަކީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި 2016 ވަނަ އަހަރުގެ އާބިޓްރަލް އެވޯޑާ ގުޅޭ ޑިކްލަރޭޝަން އޮފް ކޮންޑަކްޓާ ޚިލާފު އަމަލުތަކެއް ކަމަށް ވާތީ ކަންބޮޑުވާ ކަމަށެވެ.

އަދި އެ ރިޕޯޓު ބެލުމަށް އެހެން އިދާރާތަކަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބަޔަކީ އެ ޤައުމުގެ ބައެއް ކަމަށް ޤަބޫލު ކުރެއެވެ. ސަބަބަކީ އެމަގުން އަހަރަކު ޓްރިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުންނެވެ. ޗައިނާގެ ކަނޑުގެ މައްސަލައިގައި ގިނަ ޤައުމުތަކަކާއެކު އަރައިރުންވުން އުފެދިފައިވެއެވެ. އޭގެ ތެރޭގައި ފިލިޕީންސް، ވިއެޓްނާމް، މެލޭޝިއާ، ބްރޫނާއީ އަދި ޓައިވާން ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!