ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް ޞާލިޙް ވެރިކަމުގައި ހުރުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސަލަމް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ޖަގަހަ ހަރަކާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ މި ޤައުމަށް ބޭނުންވަނީ ރައީސް ޞާލިޙް ކަމަށާއި ރައީސް ޞާލިޙަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު، އެންމެ ޒަމާންވީ އަދި ރާއްޖެއަށް އައި އިސްލާހު ބަދަލުގައި ގަދަފަދަ އަށް ހުންނެވި ބޭފުޅެއް ކަމަށެވެ.
“"ގައުމު ބޭނުން ވަނީ ރައީސް ޞާލިޙް. މި ގައުމަށް އެންމެ މަންފާ ހުރި، އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ޞާލިޙް ވެރިކަމުގައި ހުރުން. އަޅުގަނޑު މިހުރީ ފުރިހަމަ އަށް ރައީސް ޞާލިޙަށް ތާއީދުކޮށްގެން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެހެން ސަރުކާރުތަކުން ލާމަރުކަޒު ކުުރުމުގެ ނަމުގައި ކުރި “ދުއްތުރާ” ރަށްރަށުގަ ތިބި ކައުންސިލަރުންނަށް އިނގެންވާނެ ކަމަށެވެ. އެހެންނަމަވެސް ޤާނުނުތަކަށް ބަދަލު ގެނެސް، އިތުރު ބާރުވެރިކަން ފޯރުކޮށްދީ، ލާމަރުކަޒު ކުރުމުގެ އަސްލު ބޭނުން މި ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް ތަޢުރީފް ކުރައްވަމުން އަސްލަމް ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީގެ ފިކުރާއި ވިސްނުން ކުރިއެރުވުމަށް ރައީސް ޞާލިޙް ކުރެއްވި މަސައްކަތަކަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ.
ގައުމައް އެއްމެ ފައިދާހުރި ގޮތަކީމިގައުމުން އެމްޑީޕީ މިކިޔާލާދީނީ ބައި ގަނޑު ބޭރު ކުރުން ޔާﷲ އެމްޑީޕީ މިކިޔާ ބައި ގަނޑު މިގައުމުން ނެތިކުރއްވައި ފާދޭވެ އާމީން