ޚަބަރު

މުގުރުބުރިއާއި ޝީލްޑާއެކު ސިފައިން ހަރަކާތްތެރިވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން އިދިކޮޅުން ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން ފޮރިން މިނިސްޓަރ ޝާހިދު ދިރިއުޅޭ ގެ ކައިރީގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޝާހިދުގެ ގެ ކައިރީގައި މިވަގުތު ހަތިޔާރު އެޅި ސިފައިން 8 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިނިސްޓަރު ޝާހިދުގެ ގެ ކައިރީގައި މިވަގުތު މުޒާހަރާގެ ބައިވެރިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޮމި މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިސްތިއުފާއަށްވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީން ދޫކޮށްލުމަށްވެސް ބައިވެރިން ދަނީ ގޮވާލަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ.

Ads by Ooredoo
  1. ފާތި

    ތި މީހުންތިއުޅެނީ މޮޔަވެގެން ކޮންމެމީހަކައްވެސް އެމީހަކު ކުރިކަމެއްގެ އަދަބު ކޮންމެވެސް ދުވަހަކުން ލިބޭނެ

  2. މުޖޭ

    ޢަދިވެސް މުއްދަތު ކުރީ. 25 އަހަރު ރަނގަޅު…