ދުނިޔެ

ޓައިވާނާ ދިމާލަށް ޗައިނާއިން ރެކޯޑް އަދަދަކަށް ފައިޓާ ޖެޓް ފޮނުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓައިވާންގެ ވައިގެ ސަރަހައްދަށް ގިނަ އަދަދެއްގެ މަތިންދާ ބޯޓް ފޮނުވައިފިއެވެ

Ads by Sosun Fihaara

ޗައިނާގެ އަސްކަރިއްޔާއިން ޓައިވާނަށް 71 މަތިންދާބޯޓާއި ހަތް އުޅަނދު ފޮނުވާފައިވާއިރު، މިއީ އަމިއްލަ ވެރިކަމެއް އޮންނަ އެ ރަށުގެ މިނިވަންކަމާއި ދެކޮޅަށް، ބެއިޖިންއިން އިހުތިޖާޖު ކުރަމުންދާ މިވަގުތުގައި، ދުވާލެއްގެ މައްޗަށް މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ބޯޓުތައް ވަދެފައިވާ ފަހަރު ކަމަށް ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ 47 މަތިންދާބޯޓު 24 ގަޑިއިރު ވަންދެން ބާރުގެ ޑިސްޕްލޭކުރި އިރު، ދެ ފަރާތުން ވެސް ބަލައިގެންފައިވާ ނުރަސްމީ ބޯޑަރީއެއް ކަމަށްވާ ޓައިވާން ކަނޑުއޮޅިގެ މީޑިއަން ލައިން ހުރަސްކޮށްފައިވާ ކަމަށެވެ.

ޗައިނާގެ މަތިންދާ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ 18 ޖޭ-1 ފައިޓާ ޖެޓާއި 11 ޖޭ-1 ފައިޓާ އާއި ހަ އެސްޔޫ-30 ފައިޓާގެ އިތުރުން ޑްރޯންއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ޗައިނާގެ އެއްގަމު އުޅަނދުފަހަރުގެ މިސައިލް ސިސްޓަމްތަކުގެ އިތުރުން އެގައުމުގެ ކަނޑުގެ އަސްކަރީ އުޅަނދުފަހަރުން ވެސް ޗައިނާގެ ހަރަކާތްތައް މޮނިޓާކޮށްފައިވާ ކަމަށެވެ.

ޓައިވާނަކީ އެގައުމުގެ ސަރަހައްދެއް ކަމަށް ބުނާ ޗައިނާއިން އާދީއްތަ ދުވަހު ބުނީ އަމިއްލަ ބާރު އޮންނަ އެ ރަށުގެ ވަށައިގެންވާ ކަނޑުތަކާއި ވައިގެ ސަރަހައްދުގައި "ޖޮއިންޓް ކޮމްބެޓް ރެޑިނެސް ޕެޓްރޯލްތަކާއި ޖޮއިންޓް ފަޔާޕަވާ ސްޓްރައިކް ޑްރިލްސް" ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޕީޕަލްސް ލިބަރޭޝަން އާމީއިން ބުނީ މި ތަމްރީނުތަކަކީ އެމެރިކާ-ޓައިވާންގެ ގުޅުން ބަދަހިކޮށް، އެމެރިކާއިން ޓައިވާނަށް ދޭ ހިތްވަރުގެ ސަބަބުން ބޭއްވި ޑްރިލްއެއް ކަމަށެވެ. އަދި ޓައިވާނާމެދު އެމެރިކާއިން ގެންގުޅެމުން އަންނަނީ ޗައިނާއިން ޤަބޫލު ނުކުރާ ހަރުކަށި ފިކުރެއް ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ހާމަކުރެއެވެ.

މި ހަރުކަށި ފިކުރުގެ ބާވަތަކީ ކޮބައިކަން ހާމަކޮށްފައި ނުވި ނަމަވެސް ދާދި ފަހުން ފާސްކުރި އެމެރިކާގެ ދިފާއީ ޚަރަދުކުރުމުގެ ބިލުގައި ޓައިވާނާ ގުޅުންހުރި މާއްދާތަކާ ގުޅިގެން ބެއިޖިންއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!