ފަން ރަންގެ ފޮޓޯއެއް ޝެއާކޮށްގެެން ރިސޯޓް ދަތުރެއް

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި އުރީދޫ އިން ކުރިއަށް ގެންދިޔަ 'ފަން ރަން' ގެ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ޝެއާކޮށްގެން ރިސޯޓު ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ މި މަހުގެ 31 ވަނަ ދުވަހުގެރޭގެ 11:59އާ ހަމައަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ދުވުމުގެ ފޮޓޯއެއް #FunRunMoments ހޭޝްޓެގާއެކު އުރީދޫ މޯލްޑިވްސް ޓެގުކޮށް ސޯޝަލް މީޑިއާ ގައި ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް 'އޯގާ އާޓް ރިސޯޓު' ގައި ދެ މީހަކަށް ދެ ރޭގެ ހުރުން ލިބޭނެއެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަން ބާއްވާފައިވަނީ 23 ނޮވެމްބަރ 2022 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ.