ދުނިޔެ

ޗައިނާއިން ކޮވިޑް-19 ނަންބަރުތައް އޮޅުވާލާ ކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާ ދިއުމާމެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނަށް ވެކްސިން ޖެހުމަށް ޗައިނާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެމުން ދާކަމަށް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

Ads by WAMCO

މި ދުވަސްވަރަކީ، ދުނިޔޭގެ 2 ވަނައަށް އެންމެ ވަރުގަދަ އިގްތިސާދުގެ މަގާމުގައި އޮތް ޗައިނާގައި ކޮވިޑް-19ގެ ކޭސްތަކާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް އިތުރުވަމުންދާ ދުވަސްވަރެކެވެ. އަންދާޒާތަކުން ދައްކާގޮތުގައި އެ ގައުމުގައި އަނެއްކާވެސް ބަލީގެ ހުޅުގަނޑު ފަޅައިގެން ގޮސް، ކޮވިޑް ޖެހިގެން އަންނަ އަހަރު މިލިއަނަކަށްވުރެ ގިނަ މީހުން މަރުވާނެކަމަށް ލަފާކުރެވެއެވެ.

ޑރ. ޓެޑްރޯޒް ވިދާޅުވީ ޗައިނާގައި ބަލި ފެތުރިފައިވާ މިންވަރާއި، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އަދަދުތަކުގެ ތަފްސީލާއި، ޚާއްސަ ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތައްފަދަ، ހާލަތުގެ ފުރިހަމަ ތަފްސީލު މިހާރަށްވުރެ ފުރިހަމައަށް ޑަބްލިއުއެޗްއޯއަށް ބޭނުންވާ ކަމަށެވެ.

"ޗައިނާގަ ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުންދާ ދިއުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ވަރަށް ކަންބޮޑުވޭ. ޗައިނާގަ ބަލީގެ ނުރައްކާ ފެތުރިފަ ވާ މިންވަރުގެ ފުރިހަމަ ދިރާސާއެއް ކުރުމަށްޓަކާ، ބަލީގެ ސީރިއަސްކަމާ، ހޮސްޕިޓަލުތަކުގަ އެޑްމިޓްކުރާ މިންވަރާ، އައިސީޔޫ ސަޕޯޓް ދޭން ޖެހޭ މިންވަރު ފަދަ ތަފްސީލީ މައުލޫމާތު، ޑަބްލިއުއެޗްއޯއަށް ބޭނުންވޭ. ޑަބްލިއުއެޗްއޯއިން ދަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނަށް ވެކްސިން ޖެހުމަށް ޗައިނާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެމުން. އަދި ޗައިނާގެ ސިއްހީ ނިޒާމަށް ބޭނުންވާ އެހެންވެސް އެއްބާރުލުން ދަނީ ދެމުން." ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް؛ ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ޗައިނާއަކީ ކޮވިޑްގެ ތަފާސް ހިސާބުތައް އާންމު ކުރުމުގައި ހިސާބެއްގެ ކޮންޓްރޯލެއް ގެންގުޅޭ ގައުމެކެވެ. އަދި ޗައިނާއިން އާންމު ކުރަމުންދާ ތަފާސް ހިސާބުތަކަކީ ބަލީގެ ހަގީގީ އަދަދުތައްކަމާމެދު އެހެން ބައެއް ގައުމުތަކުން ސުވާލުވެސް އުފައްދައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!