ޚަބަރު ޝަރުޢީ ދާއިރާ

ޝިއާގެ މަރު: ސާހިލްގެ މައްޗަށް ފަސް ދަޢުވާއެއް އުފުލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ އޮގަސްޓުމަހުގެ ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ޢަލީ ސާހިލްގެ މައްޗަށް ފަސް ދަޢުވާއެއް އުފުލައިފިއެވެ.

Ads by MWSC

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރޭ ވިދާޅުވީ ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ އަންހެނަކު މަރާލައިފައި އޮއްވާ ފެނުނު މައްސަލައިގައި ފ.ނިލަންދޫ/ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް ފަސް ދަޢުވާއެއް ކުރަން ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ.

އުފުލާފައިވާ ދަޢުވާތައް:

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.
ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ އިތުރަށް ކުރި ދެ ދަޢުވާގެ ތަފްސީލު މި ވަގުތަށް ހާމަކުރެއްވެން ނެތް ކަމަށެވެ.

ފުވައްމުލަކަށް އުފަން ޢުމުރުން 22 އަހަރުގެ ޝިއާ މަރާލައިފައި އޮއްވާ ފެނުނީ ސާހިލް ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. ޝިއާ މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!