ޚަބަރު އިޖުތިމާޢީ

ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލުހުން މީގެ ކުރިން އަތުލައުގަތް ބަނގުރާފުޅިތަކެއް

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ މާލޭ ގެއެއްގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 20:00 ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަަސް ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެއިތުރުން ރޭ 19:36 ހާއިރު ހިންގި އޮޕަރޭޝަނުގައި 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުންނަކީ ވެސް ބިދޭސީ ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުންހުރި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 192 ފުޅި ބަނގުރަލާއި 111 ދަޅު ބިޔަރު ފެނިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ދެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަޙްޤީޤު ކުރައްމުން ގެންދަވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!