ޚަބަރު

ރައީސް ނަޝީދާއި ރައީސް ޞާލިޙާ ޖެހިގެން އުޅޭ މައްސަލައަކީ ވެރިކަމުގައި ހުންނަވާ ވެރިކަން ނުކުރުން: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.. ދެން އިމޭޖްސް

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ޖެހިގެން އުޅޭ މައްސަލައަކީ ރައީސް ޞާލިޙް ވެރިކަން ނުކުރެއްވުން ކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ޞާލިޙް ވާދަކުރައްވައެވެ. އެއާއެކު ދެ ބޭފުޅުންގެ ބަހުގެ ހަމަލާތައް ވަނީ އާއްމުވާން ފަށާފައެވެ.

ރައީސް ޞާލިޙް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސް ނަޝީދާ އެ ބޭފުޅާއާ ޖެހިގެން އުޅޭ މައްސަލަކީ، ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅަކަށް ވެފައި، މިވަގުތު ރައީސް ޞާލިޙް ވެރިކަމުގައި ހުންނެވުން ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ، ރައީސް ނަޝީދުގެ ކެންޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދާއި ރައީސް ޞާލިޙްއާ ދެމެދު ޖެހިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ވެރިކަމުގައި ހުންނެވި ނަމަވެސް ވެރިކަން ނުކުރެއްވުން ކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލައަކީ ރައީސް ޞާލިޙް ވެރިކަމުގައި ހުންނެވުމެއް ނޫން. ވެރިކަމުގައި ނުހުންނެވުން. ވެރިކަން ކުރައްވާތަން ފެނިވަޑައިނުގަތުން. ކަމެއް ނުކުރެއްވުން. އެއްވެސް ކަމަކާ އަޅާ ނުލެއްވުން. ފަރުވާ ކުޑަވުން. އިންތިހާއަށް، ރިއެކްޓް ނުކުރެއްވުން އެއްވެސް ކަމެއްގައި. އިންތިހާއަށް ކޮރަޕްޝަނަށް ލޯ މަރައިގެން ހުރުން" ހަސަން ލަތީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ މައްސަލައަކީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ނުކުރައްވާތީ ރައީސް ޞާލިޙް. ވަރަށް ބައިވަރު ވަޢުދުތަކެއް ވެގެން ރައީސް ޞާލިޙް ވަޑައިގެންފައި އެވަނީ 2018ގައި."

Ads by Ooredoo
  1. އިއްބެ

    ު ނޫންނޫންހަސަންލަތީފުތިޔަހައްދަވަނޭހުސްދޮގުކިތައްމެމޮޅުވާހަކައެއްދެއްކިއަސްބޭނުންވަނީއަމިއްލައެދުންއިސްކޮށްވެރިކަމުގެގޮނޑިކޮޅު ނަޟީދުވެސްބޭނުންވަނީމޮޅުވާހަކަދައްކައިމޮޅުވެރިކަންކޮށްތާރީޚުގައިމޮޅުވާހަކަލިއުއްވުންނަމަވެސްއަދިތަޤުދީރުގައިއެކަމެއްނުފެނޭ ތަޤުދީރުމުގުރާލައިއަމިއްލަބާރުންވެރިކަމެއްނުކުރެވޭނެ ހަސަންލަތީފުއަޑީގައިހުރެފިތުނައުފައްދައިޕާޓީހަލާކުކޮއްލާކަށްރައްޔިތުންފުރުސަތެއްނުދޭނެ

  2. ބަނޑި

    ވެރިކަން ދިނީމާ ވެރިކަން ނުކުރެވިގެން ހަށި ފޮޅާލާފަ ނުކުތީ ކާކު.