ދުނިޔެ

ޗައިނާއިން އެމެރިކާއަށްދާ ފަތުރުވެރިން ކޮވިޑް-19 ޓެސްޓް ކުރަން ޖެހޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އެމެރިކާއަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް-19 ޖެހިފައި ނެތް ކަން ޔަގީންކޮށްދިނުމަށްޓަކައި ޓެސްޓް ހެދުން އެމެރިކާ ސަރުކާރުން މަޖުބޫރުކޮށްފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ އާ އުސޫލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ޖެނުއަރީ ފަސްވަނަ ދުވަހުން ފެށިގެންނެެވެ. އާ އުސޫލުގައިވާ ގޮތުން ޗައިނާ އިން އެމެރިކާ އަށް ދަތުުރުކުރާނަމަ އެމެެރިކާ އަށް އެތެރެވުމުގެ ދެ ދުވަސް ކުރިން ޓެސްޓް ހަދަންޖެހެ އެެވެ.

އެމެރިކާގެ ސިއްހީ ދާއިރާގެ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އާ އުސޫލު ތަންފީޒުކޮށް ނިމޭނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. އެކަމުގައި ގޮތެއް ނިންމޭނީ ވަގުތާއީ ހާލަތަށް ބަލައިގެން ކަމުގައިވެސް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ޗައިނާ އިން އެމެރިކާއަށް ދަތުުރުކުރާ މީހުން އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލާފައި މިވަނީ ޗައިނާގައި އަނެއްކާވެސް ކޮވިޑް ބާރަށް ފެތުރެމުން ދަނިކޮށް އެ ގައުމުގެ ރައްޔިތުންގެ ފިއްތުންތަކާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި ޗައިނާގެ ބޯޑަރު ހުޅުވަން ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

އެމެރިކާގެ ކޮވިޑްގެ އާ އުސޫލުތައް ޗައިނާގެ އިތުރުން އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް ވެސް ތަންފީޒުކުރަން އެމެރިކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޗައިނާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އާންމުކުރުން ހުއްޓާލާފައިވާތީ ވެސް އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!