ޚަބަރު

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު އަހަކަށް ވެގެން ދާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު އަހަކަށް ވެގެން ދާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

Ads by STELCO

އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ހުރިހާ ރައްޔިތުންވެސް ކަންކަމާ މެދުގައި ވަރަށް ފުންކޮށް ވިސްނައި، ނިންމުންތައް ނިންމާއިރު ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް ގޮވާލާފައެވެ.

އަދި ދުއާއަކީ، ފެށުނު 2023 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަހަރެއްކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއިއެކު ދެމި ތިބުމުގެ ތަޢުފީގު ދެއްވައި ދިވެހިންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!