ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ފަރާތްޕުޅުން، ޕްރައިމަރީއާ ގުޅޭ ހަތަރު މައްސަލައެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ހަތަރު މައްސަލައެއް، އެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

Ads by STELCO

މިގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވީ،  އެމްޑީޕީގެ ދަފްތަރުން މެމްބަރުން އުނި ކުރި މައްސަލައާއި، ީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ނެގި ކޮމިޓީއާ ގުޅޭ މައްސަލައާއި، ޕްރައިމަރީ އިޢުލާނު ކުރުމުގެ ކުރިން ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ފުރަންޖެހޭ ފޯމު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެކެމްޕޭންގައި އުޅޭ މީހުންނަށް ލިބި، އެ ފޯމު މާކުރިން ފުރާފައިވާ މައްސަލައިގެ އިތުރުން ޕްރައިމަރީގައި ވޯޓުލެވޭނީ ޕްރައިމަރީ އިޢުލާނުކުރި ތާރީޚާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ތާރީޚަށް ދަފްތަރުގައި ނުހިމެނޭ ބަޔަކު ދަފްތަރުގައި ހިމެނި މައްސަލައެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ ޕާޓީގެ މެންބަރުން ކަމުގައިވާއިރު އިނގިލީގެ ނިޝާން ޖެހި މެންބާޝިޕް ފޯމު ހުށަހަޅާފައި ނުވާތީ އާއި، އެހެން ޕާޓީއެއްގައި ނަން އޮވެގެން ކަމަށް ބުނެ އެމްޑީޕީގެ ދަފްތަރުން 39،398 މެންބަރުން އުނިކޮށްފައިވާ ކަމަށެވެ. މިއީ ރައީސް ނަޝީދަށް ވޯޓު ދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެއް ކަމަށާއި މިއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި މާ ފަހުން އެކުލަވާލާ ޝަރުތުތަކެއް، މާކުރިއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއާ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުންވެސް، އަދި ޤާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

"ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަޝިޕް އިޔާދަކޮށް، އެމެންބަރުންގެ ސިޔާސީ-މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން، އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މި ކެމްޕެއިނުން ޕާޓީގެ ޗެއާޕާސަނާއި، އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ." ބަޔާނުގައިވެއެވެ. .

މި ބަޔާނުގައި، އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކުރާ ގޮތަށް ޤައުމީ މަޖިލީހުން، ކޮމިޓީ އިންތިޚާބު ކުރުމުގެ ކުރިން ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުން ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާންކުރީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ އެ ތާރީޚުގެ މާކުރިން ރައީސް ޞާލިޙުގެ ކެމްޕޭނަށް ފޯމު ލިބި، އެމުއްދަތުގައި ތާއީދު ފޯމުތައް ފުރަމުން ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ރައީސް ސޯލިހްގެ ކެމްޕޭންގެ އިސް ހަރަކާތްތެރިން ތާއީދު ފޯމު ފުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް، ފޮޓޯއާ އެކު އާންމުކޮށްފައިވާ މައްސަަލަ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

 

Ads by Ooredoo
  1. އަލިފު

    ކޮންމެ ކަމަކުންވެސް ފައްޔަަމެންކުރަނިީ ވައްކަން

  2. ބާރީނު

    ވަކިމިހއްގެ ނަންކިޔާފަ ވަގެކޭ ގޮވުމަށްވުރެ..މި ދިވެހިރޢްޖޭގެ ސަރުކާރާ ދައުލަތް ހިންގަން އަބަދުވެސް ތިބެނީ ވައްކަން ކުރުމުގެ ދާއިރާއިން ކިޔެވުމުން ވައްކަންކޮށް ވަގު ފާސްތައް ނަގައިގެން ތިބި މުޅި ދުޔޭގައިވެސް ތިބި ވައްކަމުގެ ދާއިރާއިން އެންމެ މަތީ ފާސް ލިބިވަޑައިން ތިއްބެވި ވަގުންގެ ބިޔަ ލަޝްކަރެކޭ ބުނުން މާ އައުލާ ވެގެންވެއެވެ…
    މި ގައުމުގެ ލާދީނީ ވަގު މުއްލާ ކުއްޓި މޯކުޅިއަށް ސަލާމް…