އިދިކޮޅު މުޒާހަރާގެ ތެރެއިން ޝުޖާއު ހައްޔަރުކޮށްފި

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ހައްޔަރުކޮށްފިއެވެ.
އިދިކޮޅުން މިހާރު ސިލްސިލާ ކޮށް ކުރިއަށް ގެންދަން ފަށާފައިވާ މުޒާހަރާ މިރޭ ވެސް ފަށާފައިވަނީ މަޖީދީ މަގުންނެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ހަރަކާތްތެރިވަމުން އެބަދެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ޔާމީނަށް ކުރި ހުކުމާއި ގުޅިގެން، އެމަނިކުފާނު މިނިވަންކުރެވެން ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.