ޗައިނާއިން އިނގިރޭސި ވިލާތަށް ދަތުރުކުރާނަމަ ކޮވިޑް-19 ޓެސްޓް ހަދަން މަޖުބޫރުކޮށްފި
ޗައިނާއިން އިނގިރޭސި ވިލާތަށް ދަތުރުކުރާނަމަ ކޮވިޑް-19 ޓެސްޓް ހަދަން މަޖުބޫރުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާ އިން ބުނީ 5 ޖެނުއަރީ އިން ފެށިގެން ޗައިނާއިން ސީދާ ދަތުރުތަކުގައި ދަތުރުކުރާ މީހުންނަށް ޕްރީ ޑިޕާޗާ ކޯވިޑް ޓެސްޓެއް ހަދަން އަންގާނެ ކަމަށެވެ.
ހެލްތު ސެކްރެޓަރީ ސްޓީވް ބާކްލޭ ވިދާޅުވީ ސަރުކާރުން އަޅަނީ "ބެލެންސްޑް އެންޑް ޕްރިކޮޝަނަރީ އެޕްރޯޗް" ކަމަށާއި، ކޮވިޑް-19ގެ އެންމެ ފަހުގެ ޑޭޓާ އޮފިޝަލުން ވަޒަންކުރާއިރު އެ ފިޔަވަޅުތަކަކީ "ވަގުތީ" ފިޔަވަޅުތަކެއް ކަމަށެވެ.
ޓެސްޓް ކުރުމުގެ ޝަރުތު ހަމަވަނީ ހަމައެކަނި އިނގިރޭސި އެއާޕޯޓްތަކަށް ދަތުރުކުރާ މީހުންނަށް ކަމަށާއި ޗައިނާއިން ސްކޮޓްލޭންޑް، ވޭލްސް ނުވަތަ އުތުރު އަޔަލޭންޑަށް ސީދާ ދަތުރުތައް ނުކުރި ނަމަވެސް، އެތަނަށް އަންނަ ފަރާތްތަކަށް ޓެސްޓް ހަދަން މަޖުބޫރު ނޫން ކަމަށެވެ. ނަމަވެސް އެ ސަރުކާރުތަކާއެކު ވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ދަނީ ވިސްނަމުންނެވެ.
ކޮވިޑް-19 އާ ގުޅޭ ސައްޙަ މައުލޫމާތު ޗައިނާއިން ހާމަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ގޮވާލައިފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މި ހަފްތާގެ ކުރީކޮޅު ބުނެފައި ވަނީ ޖުމްލަކޮށް ޗައިނާގެ "ކޮންޓްރޯލް" ކަމަށެވެ.
ޗައިނާ ސަރުކާރުން ދުވާލަކު ގާތްގަނޑަކަށް 5،000 ކޭސް ރިޕޯޓް ކުރަމުންދާ ކަމަށް ބުނި ނަމަވެސް ނަމަވެސް ތަހުލީލު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި އަދަދުތައް ވަރަށް ބޮޑަށް މަދުކަމަށާއި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު މިލިޔަނަކާ ގާތް ކުރާނެ ކަމަށެވެ
ޗައިނާގައި ދުވާލަކު ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ ހަގީގީ އަދަދު ނޭނގެނީ އޮފިޝަލުން ކޭސްތައް ރިޕޯޓް ކުރަން ޖެހުން ހުއްޓާލައި، ކޮވިޑް މަރުވާ މީހުންގެ ގިންތިތައް ޗައިނާގެ ސަރުކާރުން ބަދަލު ކުރުމާއި ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ކެނެޑާ ފަދަ ޤައުމުތަކަށްދާ ޗައިނާގެ ފަތުރުވެރިންނަށް ވެސް ކޮވިޑް-19 ޓެސްޓް ހެދުން ވަނީ މަޖުބޫރުކޮށްފައެވެ.