ދުނިޔެ

ޑިސެންބަރު މަހު ޗައިނާގައި 250 މީހުންނަށް ކޮވިޑް-19 ޖެހުނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބްލޫމްބާގް ނިއުސް އާއި ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ޗައިނާގެ ގާތްގަނޑަކަށް 250 މިލިއަން މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

Ads by Sosun Fihaara

މި އަންދާޒާއަކީ ޗައިނާގެ 1.4 ބިލިއަން މީހުންގެ ގާތްގަނޑަކަށް 18 އިންސައްތައެވެ.

މި އަދަދުތައް ހުށަހަޅާފައިވަނީ ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ)ގެ އެތެރޭގެ ބައްދަލުވުމެއްގައި ކަމަށް ދެ އައުޓްލެޓުން ވެސް ބުނެފައިވެ އެވެ. ބުދަ ދުވަހުގެ ބައްދަލުވުމުގެ އެންއެޗްސީގެ ޚުލާސާގައި ބުނެފައި ވަނީ އާ ބަލިމަޑުކަމުގެ އަސަރު ކުރި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ފުންކޮށް ދިރާސާކޮށްފައިވާ ކަމަށެވެ.

ހުކުރު ދުވަހު އެންއެޗްސީގެ ބައްދަލުވުމުގެ ނޯޓް ކަމަށް ބުނާ އެއްޗެއްގެ ކޮޕީއެއް ޗައިނާގެ ސޯޝަލް މީޑިއާގައި ވަނީ ދައުރުކޮށްފައެވެ. އެ ލިޔުމުގެ ސައްހަކަން ޔަގީންކޮށްފައި ނުވާއިރު، އެންއެޗްސީން ކޮމެންޓެއް ހޯދުމަށް އެދުމުން ޖަވާބެއް ނުދެއެވެ.

ދެ ރިޕޯޓުގައި ވެސް ނަކަލުކޮށްފައިވާ އަންދާޒާތަކުގެ ތެރޭގައި، މިދިޔަ  އަންގާރަ ދުވަހު އެކަނިވެސް މުޅި ޗައިނާއިން 37 މިލިއަން މީހުންނަށް ކޮވިޑް-19 އަލަށް ފައްސިވެފައިވެފައިވެއެވެ. އެއީ އެދުވަހު އަލަށް ބަލިޖެހުނު 3،049 މީހުންގެ ރަސްމީ އަދަދާއި ވަރަށް ތަފާތު އަދަދެކެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނީ ބަންދު ދޮރުގައި ބޭއްވި ބްރީފިންގައި އޮފިޝަލުންނަށް އެ އަދަދުތައް ހުށަހެޅީ ސަން ޔަންގް -- ޗައިނީސް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑެޕިއުޓީ ޑިރެކްޓަރު -- ކަމަށާއި އެ އަދަދުތައް ރިޕޯޓްކޮށްފައިވަނީ އެ މައްސަލައަށް އަހުލުވެރި ދެ މީހަކާ ހަވާލާދީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!