ޚަބަރު

ކަނޑުން ފެނުނީ ގެއްލުނު ބިދޭސީ މީހާކަން އެނގިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ވާވު އަތޮޅު ވެންޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން ފެނު ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ، މުހައްމަދު ލިޓަންގެ ހަށިގަނޑު ކަމަށް އެނގިއްޖެއެވެ.

Ads by STELCO

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދިޔަ ދެ މީހުން ގެއްލިގެންކަމަށް ބުނެ ފުލުހުންނަށް ޢާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. ހަމަ އެދުވަހު އެއަރޕޯޓު ނެރުކައިރިން އޮޔާދަނިކޮށް އެ ތެޔޮ ބޯޓު ފެނިފައިވާކަމަށް ފުލުހުންނަށް ވަނީ ޖެނުއަރީ 2 ވަނަ ދުވަހު މަޢުލޫމާތު ލިބިފައެވެ.

މި ތެޔޮ ބޯޓުން ދަތުރުކުރީ، ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމްއާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށް ކިޔާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކު މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓާ ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގައި ގެއްލިގެން ހޯދަމުންދާ ދެމީހުންގެ ތެރެއިން ފެނިފައިވަނީ ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމްކަމަށެވެ. އޭނާ ފެނިފައިވަނީ ގެސްޓް ހައުސްއަކުންކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭގެ ފަހުން މުޙައްމަދު ނިޒާމް މަރުގެ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލައިގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އިއްޔެ ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ވަނީ ފެނިފައެވެ.

“ދައުރު” ނޫހަށް މަޢުލޫމާތު ދެމުން ފުލުހުންގެ މަސްދަރަކުން ވިދާޅުވީ ވ. އަތޮޅުން ފެނުނު ހަށިގަނޑަކީ އެ ބިދޭސީ މީހާގެ ހަށިގަނޑުކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން ވަރަށް ބޮޑަށް އެނގިފައިވާ ކަމަށެވެ.

Ads by Ooredoo
  1. ދިވެހިޒުވާނުން

    ސާބަހޭ ފުލުހުން. އަނިޔާވެރިޔާ އަށް ހައްގު ނިޔާ ދެއްވާ

  2. ފުލުހުން

    ނިޒާމް ހައްޔަރެއް ނުކުރަން