ޑރ މުހައްމަދު އަލީގެ 2022 - ކުރުކޮށް ފޮނިކޮށް!

މިއީ ޑޮކްޓަރު ޔުނިފޯމު އަޅައިގެން، “ހުން އައުމުގެ ކުރިން ރަޖާލާން” ބުނެދޭ ދިވެހި ޑޮކްޓަރެވެ. އެ ޑޮކްޓަރުގެ ހާއްސަކަމަކީ ވެސް އެއީއެވެ. އަހަރެމެންނަށް ހިތުގެ ފުންމިނުން ލޯތްބާއެކު ބަލިތަކުގެ ވާހަކަތައް ކިޔައިދޭތީއެވެ. މިއީ އަހަރެމެން އެންމެންގެ "ރަހުމަތްތެރި ޑޮކްޓަރު"، ޑރ. މުހައްމަދު އަލީގެ ވާހަކައެވެ.
ގިނަ މީހުންގެ ވިސްނުމުގައި، މި ޑޮކްޓަރު ކޮންމެ މީހަކަށްވެސް ދޭ ފުރަތަމަ ފަރުވާއަކީ ލޯތްބާއި އޯގާތެރިކަމެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން މި ޑޮކްޓަރުގެ އިތުރު ތަޢާރަފެއް ބޭނުންވާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ. އެއަށްވުރެ ބޮޑަށް އެއީ ސޯޝަލް މީޑިއާއާ ވެސް ގާތް، ކުރަމުންދާ މަސައްކަތްތައް އަހަރެމެންނާ ހިއްސާ ކުރާ “އެކްޓިވް” ޑޮކްޓަރެކެވެ.
ނިމިގެން މިދިޔަ 2022 ވަނަ އަހަރުވެސް މި ޑޮކްޓަރު ވަނީ ބަލިމީހުންނަށްޓަކައި ހިތުގެ އެންމެ ފުންމިނުން އޯގާތެރިކަން ބަންޑުން ކޮށްލައިފައެވެ. ބަލިބައްޔާ ބެހޭ ގޮތުން އަހަރެމެން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ފެށުނު އާ އަހަރާއެކު، މި ޑޮކްޓަރުގެ އަމާޒަކީ ހޭލުންތެރި ކުރުމުގެ މަސައްކަތަށް އަންނަން ބޭނުންވާ އެހެން ޑޮކްޓަރުންނަށްވެސް އެކަމުގައި މަގު ކޮށައިދިނުމެވެ.
ތިރީގައި އެ ވަނީ 2022 ވަނަ އަހަރު ޑރ. މުހައްމަދު އަލީ ކުރި ބައެއް މަސައްކަތްތަކާއި ކެރިއާގެ ބައެއް ވާހަކަތަކެވެ.
އިންޓަނޭޝަނަލް އެއިޑް ގްރޫޕާއެކީ ކުރެވުނު ދަތުރަކީ އެ ޖަމާއަތުން ވަރަށް ކުރިން ރާވައިގެން ހަމަ ޖެހުނު ދަތުރެއް.
ރެފިއުޖީންނަށް އެހީވާން ވަކި ޚާއްސަ ހުއްދައެއް ނަގަން ޖެހޭ. ބަންގްލަދޭޝްއަށް ގޮސްވެސް ހުއްދައެއް ނަގަން ޕާސަނަލީ ވެސް ދާން ޖެހުނު. ދެން އަދި އެތަނުގެ ޤަވައިދު އޮންނަ ގޮތުން، ހަމައެކަނި ރެފިއުޖީންނަށް އެހީވެގެން ނުވޭ. އެތަނުގެ ރައްޔިތުންނަށް ވެސް އެހީވާން ޖެހޭ.
އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެންޕޭންގެ ފަރާތުން 'އައި ކޭންޕެއް' ބޭއްވުނު. އަދި އެތަނުގައި ބަލިމީހުން ވެސް ބެލިން.
ޑޮކްޓަރުގެ ކުރު ތައާރަފެއް!
ނަމަކީ މުހައްމަދު އަލީ. އުމުރުން 36 އަހަރު. މިއީ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރެއް. މަސައްކަތް ކުރަނީ އައި.ޖީއެމް.އެޗްގެ ފުއްޕާމޭގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގަ. (އެއީ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިން). އެ ޑިޕާޓްމެންޓް އުފެދުނީއްސުރެ (މިހުރީ) އެ ތަނުގެ ޚިދުމަތުގައި.2022 ވަނަ އަހަރުގެ ވޯކް ލައިފް ސިފަ ކުރާނީ ކިހިނެއް؟
2022 ވަނަ އަހަރަކީ ވޭތުވެދިޔަ 3-2 އަހަރާ ބަލާއިރު ބަލި މީހުންގެ އަދަދު ގިނަ އަހަރެއް. އެގޮތުން ވަރަށް ގިނަ ބަލިމީހުން އެޑްމިޓް ކޮށްގެން ފަރުވާ ކުރަން ޖެހުނު. ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވީމަ، ބަލިމީހުންނަށް ދޭން ބޭނުންވާ ވަރަށް ޚިދުމަތެއް ނުދެވޭ.
2022 ގައި ޖުމްލަ ކިތައް ބަލިމީހުންނަށް ފަރުވާ ދެވިފައިވާނެ ތަ؟ އެއީ ހަމައެކަނި އައި.ޖީ.އެމް.އެޗް ގައި ތަ ނުވަތަ އެހެން ކްލިނިކުތަކުގައި ވެސް ބެއްލެވިން ތަ؟
އައި.ޖީ.އެމް.އެޗް ގައި އެކަނި 4450 ބަލިމީހުން ބެލިފައިވާނެ. އަދި އައި.ޖީ.އެމް.އެޗުން ބޭރުން، ގާތްގަނޑަކަށް 4000 ހާހެއްހައި ބަލިމީހުން ބެލިފައިވާނެ.އެންމެ އާންމުކޮށް ފަރުވާދެވިފައި ހުންނާނީ ކޮން ކަހަލަ ބަލިތަކަކަށް؟ އެހެން އެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބާއި ރައްކާތެރިވުމުގެ ގޮތުން އަޅުއްވަން ވީ ފިޔަވަޅުތައް ކިޔާލަ ދީބަލަ!
އާންމުކޮށް އެންމެ ގިނައިން ފަރުވާ ދެވިފައި ހުންނާނީ ފުއްޕާމޭގެ ބަލިތަކަށް. މިސާލަކަށް ހަކުރު މަތިވުން، ލޭ މަތިވުން، ބަރުދަން އިތުރުވުމާއި ގުޅިގެން ދިމާވާ ކަންކަން އަދި ގޭހުގެ އުނދަގޫ ކަހަލަ ކަންކަމަށް. މިކަންކަމުން ރައްކާތެރިވުމަށް، ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި އިރުޝާދު ދެވޭތޯ ބަލަން. އެންމެ މުހިންމީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުމާއި ނޭދެވޭ އާދަކާދަތައް (މިސާލަކަށް: ވޭޕް، ސިނގިރޭޓް، ދުންފަތް އަދި ޝީޝާ) ފަދަ ކަންކަމާ ދުރުވުން. އަދި ގަވައިދުން ކަސްރަތު ކުރުން.ކެރިއާ ވައިސްކޮށް ބަލަންޏާ، 2022 ވަނަ އަހަރު އެންމެ ހަނދާނުން ފޮހެލަން އުނދަގޫ ހަނދާނަކީ ކޮބާ؟
ކޮންމެ ބަލި މީހެއްވެސް މި ދުނިޔެ ދޫކޮށްދާ ވަގުތަކީ ވަރަށް ހިތްދަތި ވަގުތުތަކެއް. ކިތަންމެ މަސައްކަތެއް ކުރިޔަސް، ކޮންމެ މީހަކުވެސް މި ދުނިޔެ ދޫކުރާނެ. އެކަމަކު އެ ވަގުތުތައް ހިތުން ފިލުވާލަން ދަތި. ވަކިން ޚާއްސަކޮށް ކައިރީގަ ހުއްޓާ މަރުވާ މީހުން.އާންމު ހޭލުންތެރިކަން އިތުރު ކުރުމަށް ލިޔެފައި ހުންނަ ލިޔުންތަކާއި ހޭލުންތެރިކުރުމަށް ހަދާފައި ހުރި ވީޑިއޯތައް، މީސް މީޑިއާއިން މިދިޔަ އަހަރު ފެނިގެން ގޮސްފައިވޭ، މިއީ ކިހިނެއް ލިބުނު ހިޔާލެއް ތޯ؟ މި ކަމަށް ވަގުތު ހޯދާ ގޮތާއި ތަޖުރިބާ ކިޔައިދީބަލަ!
އެއީ ވަރަށް ކުރިންސުރެ ވެސް އޮތް އައިޑިއާއެއް. އެކަމަށް އަހަރެއް ވަންދެން ރެޑީވެސް ވިން. އަމިއްލަ ލޯގޯއެއް ހަދައި، ބެގްރައުންޑެއް ހަދައި، ވީޑިއޯ ކުރާނެ ސާމާނުވެސް ހޯދިން. އެކަމަކު ވަގުތުގެ ދަތިކަމާއެކު، އެޑިޓްކޮށް ޕޯސްޓް ކުރަން ގިނަ ވަގުތު ތަކެއް ހޭދަވާތީ، ފަހުން އެކަން ކުރަން ނިންމީ ޓިކްޓޮކް މެދުވެރިކޮށް. އެއީ އެކަން ފެށުނު ގޮތަކީ. މި ވީޑިއޯތަކުގައި ބުނެދޭ ވާހަކަ ތަކަކީ އާންމުކޮށް ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބަލިމީހުން ކައިރީގައި ބުނެދޭ ވާހަކަތައް.
އިންޓަނޭޝަނަލް އެއިޑް ގްރޫޕާ އެއްކޮށް ރާއްޖޭން ބޭރަށް ކުރި ދަތުރުގެ ތަޖުރިބާ ކިޔައިދީބަލަ!
އިންޓަނޭޝަނަލް އެއިޑް ގްރޫޕާއެކީ ކުރެވުނު ދަތުރަކީ އެ ޖަމާއަތުން ވަރަށް ކުރިން ރާވައިގެން ހަމަ ޖެހުނު ދަތުރެއް.
ރެފިއުޖީންނަށް އެހީވާން ވަކި ޚާއްސަ ހުއްދައެއް ނަގަން ޖެހޭ. ބަންގްލަދޭޝްއަށް ގޮސްވެސް ހުއްދައެއް ނަގަން ޕާސަނަލީ ވެސް ދާން ޖެހުނު. ދެން އަދި އެތަނުގެ ޤަވައިދު އޮންނަ ގޮތުން، ހަމައެކަނި ރެފިއުޖީންނަށް އެހީވެގެން ނުވޭ. އެތަނުގެ ރައްޔިތުންނަށް ވެސް އެހީވާން ޖެހޭ.
އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެންޕޭންގެ ފަރާތުން 'އައި ކޭންޕެއް' ބޭއްވުނު. އަދި އެތަނުގައި ބަލިމީހުން ވެސް ބެލިން.
ކެރިއާ ވައިސްކޮށް ބަލަންޏާ، 2022 ވަނަ އަހަރު ދިމާވި އެންމެ ދަތި އުނދަގޫ ކަންކަމަކީ ކޮބައިތަ؟ އެ އުނދަގޫތަކުން ސަލާމަތް ވާން ކުރެއްވީ ކޮންކޮން މަސައްކަތް ތަކެއްތަ؟
ކެރީ ވައިސްކޮށް ބަލާއިރު، އެންމެ ބޮޑަށް ދިމާވި އުނދަގުލަކީ ހިތުގަ އަޅައިގެން، ބޭނުންވެގެން އުޅޭ ކަންކަން ކުރަން ވަގުތު އަދިވެސް މަދީ.ކެރިއާ ގްރޯތަށް ކުރެވުނު މަސައްކަތްތަކަކީ ކޮބައިތަ؟
އަޅުގަނޑުގެ ކެރިއާއަށް އަސްލު، އިތުރަށް ކިޔެވުމަށް ރާއްޖޭގައި އިތުރަށް ކުރެވޭނެ ކަމެއް ވަކި ނެތް. އިތުރަށް ކިޔެވުމަށް ބޭރަށް ދާން ޖެހޭނީ. އަދި އެ ފުރުސަތު ތަނަވަސް ނުވަނީ. އިންޝާ ﷲ އަދި ވާނެ.





ކޮމެންޓް