ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު 16:15ހާއިރުއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށެވެ.
މީސް މީޑިއާގައި މިހާރު އާންމުވަމުންދާ ވީޑިއޯއިން ފެންނަގޮތިގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފައެވެ.
މި އެކްސިޑެންޓާ ގުޅޭ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.