ދުނިޔެ

ޗައިނާ ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2020 ވަނަ އަހަރުގެ މާރޗްމަހު، ކޯވިޑް19ގެ ނުރައްކަލާއެކު، ބޯޑަރުތައް ބަންދު ކުރުމަށްފަހު ޗައިނާއިން ފުރަތަމަ ފަހަރަށް އެގައުމުގެ ބޯޑަރުތައް ހުޅުވާލައިފިއެވެ.

Ads by WAMCO

ޗައިނާއިން މިހާރުވެސް އެގައުމުގައި ހަލުއި މިނެއްގައި ފެތުރެމުންދާ ކޯވިޑް19 ބައްޔާއި ހަނގުރާމަ ކުރަމުންދިޔަނަމަވެސް، އެގައުމުން މިހާރުވަނީ ކޯވިޑާއި ދެކޮޅަށް ގެންގުޅެމުންއައި ސިޔާސަތު ބަދަލުކޮށް، އެގައުމަށް ޒިޔާރަތްކުރާ މީހުން ކަރަންޓީން ކުރަން ނުޖެހޭ ގޮތަށް ނިންމާފައެވެ.

އެހެންނަމަވެސް އަދިވެސް ޗައިނާއަށް ޒިޔާރަތްކުރާ މީހުން، ދަތުރު ފަށާތާ 48 ގަޑިއިރުތެރޭ ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅާން ޖެހެއެވެ.

ކޯވިޑްގެ ސިޔާސަތަށް ޗައިނާއިން ގެނެސްފައިވާ މި ބަދަލަށް، އެގައުމަށް ޒިޔާރަތް ކުރުމަށް ބޭނުންވެފައި ތިބި ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ.

ޗައިނާގެ ބޯޑަރު ހުޅުވާލުމާއެކު، ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ޗައިނާގެ މެއިން ލޭންޑަށް ހޮންގކޮންގއިން 400،000 މީހުން ޒިޔާރަތް ކުރާނެކަމަށް ވަނީ ބެލެވިފައެވެ. މިގޮތުން ގިނަބަޔަކު ވަނީ ވެރިރަށް ބޭޖިންގއަށާއި އަދި ޒިއާމެންއަށް ދަތުރުކުރުމަށް ފްލައިޓްތަކުން ޓިކެޓް ގަތުމަށް ގިނައިރު ވަންދެން ކިއުގައި ތިބެފައެވެ.

ކުރިޔަށް އޮތް ޗައިނީސް އާއަހަރާއި ދިމާކޮށް ޗައިނާއަށް ދެ ބިލިއަނަށްވުރެ ގިނަ ދަތުރު ކުރާނެކަމަށް ބެލެވެއެވެ. މިއީ ފާއިތުވެދިޔަ އަހަރު އެގައުމަށް ކޮށްފައިވާ ދަތުރުގެ ދެގުނައަށްވުރެ މަތީ އަދަދެކެވެ.

ފާއިތުވެދިޔަ 3 އަހަރު ޗައިނާ ވެގެންދިޔައީ ކޯވިޑާއި ދެކޮޅަށް ދުނިޔޭގައި އެންމެ ހަރުކަށި ފިޔަވަޅު އަޅާފައިވާ ގައުމު ކަމުގައެވެ. މިގޮތުން އެތަކެއް ލޮކްޑައުންތަކާއި، އަދި ގިނަ ގިނައިން ޓެސްޓު ކުރާންޖެހޭ ގޮތަށް އުސޫލުތައް ތަންފީޒު ކުރުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!