ޚަބަރު ސަރުކާރު

ތަރައްޤީއަކީ ބިރުފަހަނައަޅާ ގޮސް ޤާއިމްކުރި ނިޒާމެއްގެ ނަތީޖާ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ތަރައްޤީއަކީ ބިރުފަހަނައަޅާ ގޮސް ޤާއިމްކުރި ނިޒާމެއްގެ ނަތީޖާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނ. ކުޑަފަރީއަަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ވެރިކަންކުރާ އެމްޑީޕީގެ ތެރެއަށް މައުމޫނީ ފިކުރު ވަންނަމުންދާތަން ފެންނަމުންދާ ކަމަށެވެ.

އަދި މިހާރަކަށް އައިސް ރަށްރަށުގެ ތަރައްޤީއަކީ ވަޒީރުންނަށް ކަންކަން ކޮށްދީގެން ލިބޭ ކަމެއްކަމަށް ބައެއް ކައުންސިލަރުން ދެކެމުންދާކަމަށާއި ތަރައްޤީއަކީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި، ބިރުފަހަނަ އަޅާ ގޮސް މި ރާއްޖެއަށް ތައާރަފްކުރި ވެރިކަމުގެ ނަތީޖާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ތިބޭފުޅުން ގަބޫލުފުޅު ކުރައްވާތި. ލިބިފައިހުރި އެއްޗެއް ލިބިފައި ހުރީ އެކެއް އަނެއްކެގެ ކިބައިން ހިތްވަރު ހޯދާ، އަޅުގަނޑުމެންގެ ބިރުފަހަނައަޅާ ގޮސް މި ނިޒާމު ގެނައިމަ” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ގަދަރާ، އިއްޒަތް ހިފަހައްޓަން ޖެހޭ ކަމަށާއި އެގޮތަށް މަސައްކަތް ކުރުމުން ތަރައްގީ ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Ads by Ooredoo
  1. އަބްދޫ

    ވަގު ނަސީދު ތިޔަ ކިޔާ ބިރު ފަހަނަޅާ ދިޔަފަހުން ރާއްޖޭގެ ތަރައްގީ ހުސްވެއްޖެ. އެފަހުން ރާއްޖޭގެ ތަރައްގީ ކުރިޔަކަށް ނުދޭ ،2008 ގަ ވަގުނަސީދު ބޭ އިންސާފުން ވެރިކަން ލިބިގެން ގައުމުގެ ދަރަތި ޓީ ބިލް ވިއްކައިގެން 26 ބިލިއަނަށް އެރުވި . އިސްތިއުފާދިންއިރު ފިނޭންސއގަ 2.5 ބިލިއަންގެބިލަށް ފައިސާދައްކަންޖެހިފައޮތް. ސިވިލް ސާވިސަސްއަށް މުސާރަ ނުދީ 800 މިލިއަނ ްރުފިޔާ ހިފަހައްޓާފަ ހުރި ބިދޭސީންގެ ޑިޕޮޒިޓް 1.2 ބިލިއަން ރުފިޔާ އެޖެންސީތަކަށް ދޭންޖެހިފާ އޮތް ޖުމްލަ 30.5 ބިލިއަން ދަރަނި އޮތް. އަދި އަތިޅާއި ރަށްރަށުގެ ރައްޔިތުންގެ 20 ބިލިއަން ރުފިޔާ ދަވާލި ހެދިގޮތެެއް ނޭގޭ. ތަރައްގީއ3ަށް އެއްވެސް ކަމެއް ކޮށްފަ ނެތް ހުރިހާ ރިޒާވް އެއް ޒީރޯ ކޮށްލި ،ތިޔަ ވަގުނަސީދު އޭ މިކަނަީ އަދިވެސް ކްރިމިނަލް ކޯޓުން ތިޔަ ވަގުނަސީދަށް ހުކުމްކޮށް އަރުވާލާ ހުކުމް ތަންފީޒުކުރި ވައްކަމުގެ ހުކުމް އަދިވެސް ދިރިދިރި އޮތީމަ.