ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލޯ ލާރިއެއް ވެސް ނުލިބޭ، އެއީ ހޯދަން ނޫޅުނީމަ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސަރުކާރު އައީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަށް ވައުދުވެގެން ކަމަށާއި ނަމަވެސް އެ ފައިސާއިން ލޯ ލާރިއެއް ވެސް ނުލިބޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ. ޅޮހީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާއިން އަދި އެންމެ ލޯ ލާރި އެއްވެސް ނުލިބޭ ކަމަށާއި އެ ފައިސާ ނުލިބި ވަނީ ސަރުކާރުން އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް އެމްޑީޕީން ދެ ވާހަކައެއް ދައްކަމުން އަންނަ ކަމަށާއި، އެއީ އަނިޔާގެ ވާހަކައާއި ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ. އަދި ކޮރަޕްޝަނަކީ ތަރައްޤީއަށް އޮތް ވަރަށް ބޮޑު ހުރަރެއް ކަމަށް އިޝާރާތް ކުރައްވާ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް އަދި ކޮރަޕްޝަން ތަޙްޤީޤް ކުރެއްވުމަށް މަސައްކަތް ނުކުރައްވާކަން ފާހަގަ ކުރެއްވިއެވެ.

"އެމްއެމްޕީއާރުސީގެ އެއަށްބޮޑު ޚިޔާނާތުގެ ފައިސާ ހޯދާނަމޭ އަޅުގަނޑުމެން ބުނިން. އަދި ލޯލާރިއެއް ވެސް އަޅުގަނޑުމެނަށް ނުހޯދެ. ހަމަ ކަނޑައެޅިގެން ނުހޯދާ އޮތީ. މީ އެމްޑީޕީ މެންބަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރާ ޓެކްސް ފައިސާ ދެނީ، ދެފުށް ފެންނަ ގޮތަކަށް ފައިސާ ޚަރަދުކުރަން ކަމަށާއި ނަމަވެސް ރައްޔިތުންގެ ފައިސާއަށް މިއަދު ޚިޔާނާތްތެރިވަމުންދާތަން ފެންމުން އަންނަ ކަަމަށެވެ.

"އެފައިސާ ހަރަދުނުކޮށް ނާޖާއިޒުކޮށް އޭގެން ފައިދާ ނެގީމާ، އެކަމާ ފިޔަވަޅު ނޭޅުނީމައި އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo
  1. އަބްދޫ

    އެމްއެމްޕީއާރުސީ ގެ ވާހަކަ ދައްްކަނީ ކިއްކުރަން ކަލޭ ބުނިންދޯ ހުރިހާކަމެއް އަދީބު ލައްވާކުރުވީ ތިމަންނައޭ .ކަލޭގެ ވެރިކަމުގަ އަތޮޅުތަކުން ހކަހާލި 20 ބިލިއަން ރުފިޔާ ކޮބާ؟ ބިދޭސީންގެ ޑިޕޮޒިޓް 1.2 ބިލިއަން ރުފިޔާ ކޮބާ؟

  2. ވިކިލީކްސް

    ނަޝީދުއެއް ނޫންތަ އަދީބު އަތުން އެމްޑީޕީ ރިޔާސީ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާ ހޯދާފަ އަދީބުއަށް ކޭކުން ފޮއްޗެއް ދީފަ އަދީބު ގޭގައި ބަހައްޓަން ލަފާދިނީ؟

    ޑީލް ހަދާފަ އެހެން މީހުންގެ ބޮލަށް ކަނޑާލުން އެއީ ވަރަށް ފިނޑިކަމެއް.
    އެމްއެމްޕީއާރުސީގެ ފައިސާ އަދީބު އަތުން ނުނަގަން ނިންމި އެކަކު ނަޝީދު އަކީ… އަދި މައްސަލަތައް ކޯޓަށް ފޮނުވުމުގެ ބާރު ހިންގާ މުއައްސަސާއަށް (ޕީޖީ) އަދީބުގެމީހެއް އައްޔަންކުރުމަށް ނިންމި ސިއްރު ބައްދަލުވުމުގަ ވެރިންނާއެކު އަންނިވެސް ހުރި!