ޚަބަރު

ތިލަމާލެ ބްރިޖް އަޅާ އެފްކޮންސް ކުންފުންޏަކީ ކޮންބައެއް؟

ރައުފާ ރަޝީދު ، ދެން އޮންލައިން
ތިލަ މާލޭ ބްރިޖްގެ ކުރެހުމެއް

މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅައިލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ކުރިޔަށްދާ ގޮތުން ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުންޏަށް އެކަންވާނެތޯ ކުރާ ސުވާލެވެ. ބްރިޖް ޕްލެޓްފޯމް ފަރަށް އެރުމާއެކު، އެ ވާހަކަތަކުގެ އަޑު ގަދަވިއެވެ. އެފްކޮންސްއަކީ ދިވެހިންނަށް އާ ނަމެކެވެ. ނަމަވެސް ބައިނަލް އަޤްވާމީ މާކެޓްގައި އެއީ އައު ނަމެއް ނޫނެވެ. 

Ads by STELCO

އެފްކޮންސްގެ ކުރު ތަޢާރަފެއް

އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑަކީ އިންޑިއާގެ މަހާރާޝްތުރާގެ މުމްބާއީގައި ހުންނަ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏެކެވެ. އެ ކުންފުނިން އުމްރާނީ ހިދުމަތްތައްފޯރުކޮށްދޭ އިރު މެޓްރޯ، ބްރިޖް، ޕައިޕްލައިން، މަގު، ބަނދަރު، ތެލާއި ގޭހުގެ މަޝްރޫއުތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެ ކުންފުނިން ހަރަކާތްތެރިވެއެވެ.

އެފްކޮންސް އަކީ 150 އަހަރަށް ވުރެ ގިނަ ދުވަހުގެ ލެގަސީ އޮންނަ އިންޑިއާގެ އެންމެ ބޮޑު އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ޝަޕޫރްޖީ ޕަލޮންޖީ ގުރޫޕުގައި ހިމެނޭކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ޗެލެންޖިން އަދި ކޮމްޕްލެކްސް ޕްރޮޖެކްޓްތަކުގެ ޕޯޓްފޯލިއޯއެއް އެފްކޮންސް އަތުގައި އޮވެއެވެ.

22 އަށްވުރެ ގިނަ ޤައުމުގައި 350 އަށްވުރެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އޮންޓައިމްކޮށް ކުރިއަށް ގެންދިއުމުގެ ތަފާތު ތަޖުރިބާ ލިބިފައިވާ އިންޑިޔާގެ ޢުމްރާނީ ތަރައްޤީގެ އެންމެމަތީ ފަންތީގެ ކުންފުނިތަކުގެ ތެރޭގައި އެފްކޮންސް ހިމެނެއެވެ.

އެފްކޮންސްއިން ނިންމާފައިވާ ބައެއް މެރިން މަސައްކަތްތައް:

  • ދުނިޔޭގައި ހުރި އެންމެ ފުން އެއް ޕޯޓްސް
  •  އިންޑިއާގެ އެންމެ ދިގު ޖެޓީ
  • ހުޅަނގު އެފްރިކާގެ އެންމެ ހަލުވި ބަނދަރު
  • ސްޓްރަކްޗަރ އިންޓެންސިވް ޕްރޮޖެކްޓްތައް
  • އެފްރިކާގެ މެރިން ޕްރޮޖެކްޓްތައް
  • 6 ބޮޑު ކެޕޭސިޓީގެ ޖެކް-ޔޫޕީއެސް
  • 9 މެރިން ބާޖް

އެފްކޮންސްއިން ނިންމާފައިވާ ބައެއް ބްރިޖު މަސައްކަތްތައް:

  • އެންމެ މަތީ ސިންގަލް އާޗް ރޭލް ބްރިޖް
  •  18 މަސް ދުވަހުގެ ތެރޭގައި 8 ލޭން ބްރިޖް
  • އިންޑިއާގެ އެންމެ ދިގު ރޭލް ބްރިޖް
  •  އިންޑިއާގެ އެންމެ ބަރު ސްޓީލް ޓްރަސް ބްރިޖް
  •  ދުނިޔޭގެ އެންމެ ބޮޑު ރޭސް ކޯސް

އެފްކޮންސްއިން ނިންމާފައިވާ ބައެއް އަންޑަރގްރައުންޑް މަސައްކަތްތައް:

  •  އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ ސަރަހައްދު ޓަނަލްސް
  • އިންޑިޔާގެ އެންމެ ފުން ސްޓޭޝަން
  • އިންޑިޔާގެ އެންމެ ބޮޑު އަންޑަގްރައުންޑް ސްޓޭޝަން
  • ޓޮޕް ޑައުން މެތަޑޮލޮޖީއާއެކު އިންޑިއާގެ ފުރަތަމަ ޔޫޖީ ސްޓޭޝަން
  •  އިންޑިއާގެ އެންމެ ހަލުވި މެޓްރޯ ޕްރޮޖެކްޓް
  •  16+ އަންޑަގްރައުންޑް ސްޓޭޝަން
  • 16+ އެލިވޭޓެޑް ސްޓޭޝަންތައް
  • 40+ ކިލޯމީޓަރުގެ އަންޑަގްރައުންޑް މެޓްރޯ ޓަނަލްސް
  • 60+ ކިލޯމީޓަރު އެލިވޭޓެޑް ވީއައިއޭޑަކްޓް

ފާހަގަކޮށްލެވޭ ބައެއް ޕްރޮޖެކްޓްތައް:

2017 ވަނަ އަހަރު އެފްކޮންސްއިން ވަނީ ކޮލްކަތާގެ ހުގްލީ ކޯރުގެ ދަށުން އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ޓަނަލެއް އެންމެ 67 ދުވަހުގެ ތެރޭގައި ނިންމައި ތާރީހުގައި ނަން ފަވާފައެވެ. މީގެ އިތުރުން އެފްކޮންސް އަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބަރަޚަމްބާގައި ބޭރުގެ ޖޭވީއަކާ ނުލައި އަންޑަގްރައުންޑް މެޓްރޯ ސްޓޭޝަނެއް އެޅި އިންޑިއާގެ ފުރަތަމަ ކުންފުންޏެވެ.

ޗެންނާއީ ސެންޓްރަލް މެޓްރޯ ސްޓޭޝަނާއެކު އެފްކޮންސް އިން ވަނީ އޭޝިއާގެ އެންމެ ބޮޑު އެއް އަންޑަގްރައުންޑް އިންޓަޗޭންޖް މެޓްރޯ ސްޓޭޝަން ވެސް ހަދާފައެވެ. މިވަގުތު އެ ކުންފުނިންދަނީ ހުގްލީގައި އިންޑިއާގެ އެންމެ އަޑީގައި ވާ މެޓްރޯ ސްޓޭޝަން (30 މީޓަރު ތިރީގައި) ހަދަމުންނެވެ.

މަހާތުމާ ގަންދީ ސެޓޫ

އިންޑިއާގެ އެންމެ ދިގު ސްޓީލް ބްރިޖެވެ. އިންޑިއާގައި ފުރަތަމަ ފަހަރަށް ސްޓީލް ސަޕޯޓް ކުރާ ސުޕަސްޓްރަކްޗާއެއްގެ މައްޗަށް ބިނާކުރި މި ބްރިޖް އެޅުމަށް 66،360 މެޓްރިކް ޓަނުގެ ސްޓީލް ބޭނުންކޮށްފައިވެއެވެ.


ބަލްކް ޖެޓީ، އޮމާން

ސޯހަރު ބަނދަރު ވެލެމެކްސް ބަލްކް ކެރިއަރުތައް ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ ދަގަނޑު އެތެރެކުރުމަށް ދުނިޔޭގެ އެންމެ ފުން އެއް ބަނދަރެެވެ. މިއީ ވެސް އެފްކޮންސްއިން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ޖައްމޫ އުދަމްޕޫރު ހައިވޭ، އިންޑިއާ

ނޭޝަނަލް ހައިވޭ އޮތޯރިޓީ އޮފް އިންޑިއާ (އެންއެޗްއޭއައި) ގެ ތާރީހުގައި އެންމެ ހަލުވި ހިލް ރޯޑް ޕްރޮޖެކްޓް (ޖައްމޫ އެންޑް އުދަމްޕޫރާ ދެމެދު)

އެޗްއާރްޑީ ޕްރޮސެސް ޕްލެޓްފޯމް، އިންޑިއާ

ފްލޯޓްއޯވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފްޝޯ ޕްރޮސެސް ޕްލެޓްފޯމެއް ވަގުތުން އިންސްޓޯލްކުރި އިންޑިއާގެ ފުރަތަމަ އީޕީސީ ކޮންޓްރެކްޓަރަކީ އެފްކޮންސްއެވެ.

ބާރަތު މުމްބާއީ ކޮންޓެއިނާ ޓާމިނަލްސް، އިންޑިއާ

ޖަވާހަރްލާލް ނެހްރޫ ބަނދަރުގައި ބާރަތު މުމްބާއީ ކޮންޓެއިނާ ޓާމިނަލްސް ހެދުމަށް އިންޑިއާގެ އެންމެ ދިގު ޖެޓީ (1 ކިލޯމީޓަރު) އަދި އެންމެ ބޮޑު ކޮންޓެއިނާ ޓާމިނަލްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި އެފްކޮންސްއިން ނިންމާފައިވެއެވެ.

އީސްޓް ވެސްޓް މެޓްރޯ ޕްރޮޖެކްޓް، އިންޑިއާ

އީސްޓް-ވެސްޓް މެޓްރޯ ޕްރޮޖެކްޓަށް އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ޓަނަލް، ކަލްކަތާގެ މަސައްކަތް އެންމެ 67 ދުވަހުގެ ތެރޭގައި އެފްކޮންއިން ނިންމާފައިވެއެވެ.

އެފްކޮންސްއިން ހޯދި ބައެއް އެވޯޑްތަކުގެ ތެރޭގައި:

  • އެފްރިކާ ބެސްޓް އެމްޕްލޯޔާ ގެ އެވޯޑް، ބްރޭންޑް އެވޯޑް 2019
  • ސީއައިޑީސީ ވިޝްވަކަރްމާ އެވޯޑްސް 2019 އާގްރާ ލަކްނޯ އެކްސްޕްރެސްވޭ އަދި ބާރަތު މުމްބާއީ ކޮންޓެއިނާ ޓާމިނަލް ޕްރޮޖެކްޓަށް
  • މައިކް އެވޯޑް 2018 ވަނަ އަހަރާއި، 2019 ވަނަ އަހަރު ގްލޯބަލް، އޭޝިއާ އަދި އިންޑިއާ ލެވެލް
  • މޭކް އެވޯޑް އިން ގްލޯބަލް، އޭޝިއާ އެންޑް އިންޑިއާ ލެވެލް ޖެހިޖެހިގެން ދެ އަހަރު (2016، 2017)
  • ގޯލްޑަން ޕީކޮކް އެވޯޑް (ދެ ފަހަރެއްގެ މަތިން)
  • ބްރިޓިޝް ސޭފްޓީ ކައުންސިލްގެ އިންޓަނޭޝަނަލް ސޭފްޓީ އެވޯޑް (ތިން ފަހަރު)
  • އާގްރާ ލަކްނޯ އެކްސްޕްރެސްވޭ ޕްރޮޖެކްޓަށް އަހަރެއްގެ ތެރޭގައި ތިން އެވޯޑެއް
  • ރޯޔަލް ސޮސައިޓީ ފޯ ޕްރިވެންޝަން އޮފް އެކްސިޑެންޓްސް އެވޯޑް (އާރްއޯއެސްޕީއޭ) އިން ހަތް ޕްރޮޖެކްޓަކަށް

ޓެކްނިކަލް ގޮތުން ގޮންޖެހުންބޮޑު ގިނަ މަޝްރޫއުތަކެއް ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރިން ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ. ކޮންމެ ޕްރޮޖެކްޓަކާއެކު ވެސް ކުންފުނީގެ އޮޕަރޭޝަނަލް މެތަޑްތައް އަލުން އިއާދަކުރުމަށް އެ ކުންފުނިން އެކި މަސައްކަތްތައް ކުރެއެވެ.

  1. ދިވެހި

    ކިހާވަރެއް ހައިކޮމިޝަނުން ދެއްވިތޯ މި ޚަބަރު ޖަހާލަން

    • ހައި ކޮމިސަން

      އެއް ލައްކަ ޑޮލަރުގެ އެޑްވާންސް އެއް. ބާކީ ސަރުކާރުން

      • ޢަލިއ

        ރަނގަޅު އެއްޗެއް ނިބުނީދޯ

  2. ތަރާދު

    އެފުކޮނުން މި ލިޔުމަށް ދިން އަގުވެސް ޖަހާލިނަމަ ވަރަށް ސަޅިވީސް. އެފުކޮން ކިތައްމެ މޮޅުވިޔަސް ސޯލިބޭގެ ދައުރު ނިމޭއިރު ތިޔަ ބުރިޖެއް ނުނިއްމޭނެ.

    • އަހުމަދު

      އަދި ކިރިޔާ ލި ތައާރަފް ކުރީ ޕްލެޓް ފާރމް އާއި ކެރޭން އޮޔާގޮސް ޕްރެޖެކްޓް މިހާރު ވާނުވާ ދިވެހިންނަށް ނޭގި ހާސްވީ ފަހުން…
      ސުވާލު އުފެދޭ ކަމެއ……؟

    • ޢަގު

      އަގެއް ދިނަސް ނުދިނަސް މީގަ އެހުރީ އަސްލު ވާހަކަ.. އިންޓަރނެޓުން ސަރޗްކޮށްލީމަ ފެންނާނެ މިއީ އެޒަމާ

  3. ބޮޑު ތިލަދުންމަތި

    މިވަރު މޮޅުބަޔަކަށް އަނބިދަރިން ވެސް ކަތިލާފަ ކާންދޭންވީ

  4. ކޯން އެފް

    ތިކުންފުނ މޮޅުކަމުންނ ކަމެއ ނުވެގެނ ތިއުޅެނީ.

    މޮޅުކަމ ކޮލިޓީއ ތަޖުރިބާ މަސައްކަތުން ދައްކާލަބަލ.

    • ޙަސަނު

      މަސައްކަތާ ކޮލިޓީ އެގޭނީ އެގޭބަޔަކަށް. ކަލޭމެނަށް ދެއްކުމެކޭ ޖުހާޔަށް މާލެދެއްކުމެކޭ ހުރީ ކޮންތަފާތެއް. އިންޑިޔާ އައުޓުކިޔާލަކިޔާލާތިބޭ.

      • ބިކާރީ

        ކަމެއްވާނަމަ މިހާރު ފެންނަ ވަރުވީސް

      • އެސޮރު

        ކިހްވަރަކުން ދާނެބާ ވިލިހިއްޔާ މާލެއާދޭތެރޭ ތިބުނާކުންފުނިން ބަކަތަޅާތަން ފެނުނީމަ ތަޖުރިބާއަކީ ކޮބައިން އެނގިއްޖެ
        ގޭދޮށު މަގުމަތީ ހެދިފައޮންނަ ކޯރެއްގަ މަވެޒް ބުރިޖެއް އެޅީމޭ ވަރަށް ކޫޑައިރު ތަޖުރިބާފަށެއް ލިބިފަމިހިރީ އުމުރުން 40 ވެއްޖެ

  5. ޙަސަން

    ޢޯކޭއޭ
    ތިކަހަލަ ބަތާޙަރާމް އާލާތުން ގިނަވެ މިގައުމު ފަސާދަ އެބަވޭ

  6. އަބޫމޯދީ

    މި ކުންފުނިން އިންޑިއާ ގައި ހެދި ކިތައްތަން ވެއްޓިފައިވޭތޯ. ތިޔަބުނާ “އެންމެ މަތީ ސިންގަލް އާޗް ރޭލް ބްރިޖް” 18 އަހަރު ދުވަސް ހޭދަކޮއްފައިވާ އިރު އެކަމުގެ އިންޖިނޭރުން ނަކީ އިންޑިއާ ގެ ބޯބުރާންތިންނެއް ނޫން

    • ޔޫސުފް

      ދިވެހިން ތިކަން ބަލާކަށް ބޭނުމެއް ނުވޭ ބޭނުންވަނީ އެހައިބޮޑުއަގެއް ނަގައިގެން އަދި އިރު އިރުކޮޅުން އެތައްމިލިޔަން ޑޮލަރެއް އަގުގެތެރެއަށް އިތުރުކުރަމުން ދާއިރު އެތަނުގެބޭނުން ކުރެވޭނެގޮތްވުން. ނަމަވެސް އެއްބަސްވި މުއްދަތުގައި އެކަން ނުވާނެކަން ޔަގީންވެފައިވާއިރު ކަންބޮޑުވަނީ ވެންޓިލޭޓަރ ތަކަށް ދިމާވިފަދަ ގޮތެއް ވެދާނެތީ، އެހެންވެއްޖެ ނަމަ، އަނެއްކާޓެކްސް ބޮޑުކޮށްގެން ނަމަވެސް ޖެހެނީ އިންޑިޔާ އަށް ޖިޒީ ދައްކަދައްކައިތިބެން. އެކަންކުރިމީހުން ފިލައިގެންގޮސް ތިބޭނީ ރާއްޖެއިން ބޭރުގަ

  7. ގުބާދާ

    އެމީހުން ދީފަވާ މުށްދަތު ހަމަވިއިރު އެކަންނުކުރެވުނީތަ ކޮޅަކަށް ހަތަރު މަގުހަދަން ދިނީމަ ކޮޅަކުން ދެމަގު ކާލާ އަމިއްލަގެ އެޅީތަ

    • އަލީ

      އެޔަކީ ބުރިޖު އަޅާބަޔެށްނޫ އެޅޭނެކަމަށް އައިސް އެއުޅެނީ
      އެމީހުން ހީކުރީ ކޯރެއްގަ އަޅާ ބުރިޖެށްކަމަށް

  8. ކަތީބު

    ހީވާގޮތުގަ ރަނގަޅު އެތިކޮޅެއް ދީގެން އެކިތަންތަނުން ފޮޓޯ އަޕުލޯޑުކޮއްގެން ރައްޔިތުން އޮޅުވަން ކޮއްފަހުރި މަސައްކަތެއް.

  9. އަހުމަދު

    ކިހާވަރެއް ހައިކޮމިޝަނުން ދެއްވިތޯ މި ޚަބަރު ޖަހާލަން
    މަގޭ ހިތަށްވެސް އެރީ ހަމަމިހެން