އެޗްޑީސީގެ ޗެއާމަން އަކަށް ޖައިޝް ހަމަ ޖައްސައިފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަނަކަށް މުހައްމަދު ޖައިޝް އިބްރާހިމް ހަމަޖައްސައިފިއެވެ.
އެޗްޑީސީގެ ބޯޑުގައި ޖުމްލަ 6 ބޭފުޅަކު ތިބެއެެވެ. އެއީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ މުހައްމަދު އަރްފާތާއި އަބްދުﷲ ރަމީޒާއި އަހުމަދު އާތިފްގެ އިތުރުން ހަސަން މުނީޒެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ޖައިޝް އެ މަގާމަށް ހަމަޖައްސާފައިވާއިރު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެއްކޮށްލަން ސަރުކާރުން ނިންމައި މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
އެޗްޑީސީ އަކީ ހަމައެކަނި ހުޅުމާލެ މެނޭޖްކުރާ ކުންފުންޏެކެވެ.