އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ޤާބީލު ބޭފުޅެއް ކަމަށާއި ޕީޕީއެމްއާއި އެމަނިކުފާނާއި އޮތް ހަމައެކަނި ހިޔާލުތަފާތުވުމަކީ، އިންޑިއާ އާއި މެދު ދެކޭ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގައި އިންޑިއާ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި ސަރަހައްދުގެ ގޮތުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު މި އޮތް ގުޅުން ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގައި އިންޑިއާ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި ސަރަހައްދުގެ ގޮތުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު މި އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮތް ބައިނައްލަގުވާމީ ގުޅުމަކީ ރަނގަޅު އަދި ހަރުދަނާ ސިޔާސަތެއް އޮތް ގުޅުމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެ ގުޅުން ކޮންމެ ސަރުކާރަކުން ވެސް ދަމަހައްޓަވަން ޖެހޭނެކަން ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާ އަކީ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް. ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ވެދޭ އެހީތެރިކަން ބޮޑު" ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް، އެކަޑެމިކް، އަދި ތަންދޮރު އިނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އިންޑީއާއާ މެދު ގެންގުޅުއްވާ ސިޔާސަތުތައް ބަދަލު ކުރަން އެދިވަޑައިގަންވާ ކަމަށެވެ
"އެ ޕާޓީގެ ރައީސް ޔާމިނަކީ އެކަޑެމިކް އަދި ތަންދޮރު އެނގިވަޑައިގަންނަވާ ބޭފުޅެއް. އެބޭފުޅާގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިންޑިއާ އާއި ދެކޮޅަށް ގެންގުޅުއްވާ ވިސްނުން ދޫކޮށްލެއްވުމަށް"
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަކީ އެމަނިކުފާނާ އެހާ ތަފާތު މީހެއް ނޫން ކަމަށާއި ނަމަވެސް ރައީސް ޞާލިޙާމެދު އެފަދައިން ވިދާޅު ނުވެވޭނެ ކަމަށެވެ.
އިންޑިޔާ އައުޓް ގޮވުމާ އިދިކޮޅުނަމަ ނަސީދަކީ ހާއިނެއް.