މާދަމާވެސް ބިން ކަނޑާފައި މާލެ ސަރަޙައްދުން 5000 ގޯތި ދެވޭނެ
ހުޅުމާލޭގައި 5000 ގޯތި ދެވޭ ވަރަށް ހުސް ބިން އެބައޮތް ކަމަށާއި މާދަމާވެސް އެކަން ކުރެވިދާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނާޝީދު ވިދާޅުވީ މިހާރު ސަރުކާރުން މާލޭ މީހުންގެ ވޯޓު ހޯދުމަށްޓަކާ ގޯތި ދޭނެ ކަމަށް ބުނެ ދައްކަވާ ވާހަކަ އަކީ ވަގުތީ ވާހަކައެއް ކަމަށެވެ.
އަދި ސަރުކާރުން އުފައްދާ ކޮންޓްރެކްޓުން މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން 10 ނުވަތަ 15 އަހަރު ނަގާ ކަމަށާއި މިހާތަނަށް އައިއިރު ސަރުކާރަށް ފަށައިގަނެވުނީ ބޯހިޔާވަހިކަމުގެ މަދު މަޝްރޫއުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން
އަޅުގަނޑުމެން ކުރަން ހުރި ކަންތައްތަކުގެ އެންމެ ބޮޑު ދަލީލަކީ އާންމުންގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދެވިފަ ނުވި ކަން
ހުޅުމާލޭގައި ބިނާ ނުކުރާ ބިމުގެ ގޮތުގައި ގާތްގަޑަކަށް 4 މިލިއަން އަކަ ފޫޓުގެ ބިން އެބަހުރި ކަމަށާއި ގޯތި ދޫކުރަން ބޭނުންވާ ނަމަ މާދަމާވެސް އެކަން ކުރެވެން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ހުޅުމާލޭގައި ބިނާ ނުކުރާ ބިން ގާތްގަޑަކަށް ހުސް ބިން 4 މިލިއަން އަކަ ފޫޓުގެ ބިން އެބަހުރި. އެހެންވީމާ އަޅުގަނޑަށް ފެންނަ ތަނުގައި ހަމަ މާދަންވެސް އެބައޮތް ބިން ކަނޑާފާ 5000 ގޯތި ދެވެން. މާދަމާވެސް އެބައޮތް އެކަން ކުރެވެން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަލަބީތާކަލޭގެ ސަރުކާރުން ހިއްކިތަނެއްތަ ހުޅުމާލެއަކީ ކަލޭހޭބަލިވަނީ މާލެމީހުންނަށް ގޯތިތަށް ކަނޑާފަދޭން ތިތެޅީބާލަނީ
ތިހިރީވެރިކަމާހެދީބޫތުކާފަ