ދުނިޔެ

ޗައިނާގައި ކޮވިޑް ޖެހިގެން 60،000 މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ކޮވިޑް-19 ޖެހިގެން މަހެއްހާ ދުވަހުގެ ތެރޭގައި 60،000 މީހުން މަރުވެފައިވާއިރު، މިއީ އެ ގައުމުން ޒީރޯ-ކޮވިޑް ސިޔާސަތު ހުއްޓާލި ފަހުން މަރުތައް ހާމަކުރި ފުރަތަމަ ފަހަރެވެ.

Ads by WAMCO

ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ މައުލޫމާތު ޗައިނާއިން ކުޑަކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނައިރު، ހޮސްޕިޓަލްތަކާއި ކްރިމެޓޯރިއަމްތައް ގިނަވެފައިވާކަމުގެ ހެކިވެސް ޗައިނާއިން ދަނީ ލިބެމުންނެވެ.

އޮފިޝަލުން ބުނާ ގޮތުގައި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ވަނީ ކޮވިޑް ޖެހިގެން 59،938 މީހުން މަރުވެފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ 80 އަހަރުން މަތީގެ މީހުން ކަމަށާއި ގިނަ މީހުންނަކީ އަޑީގައި ތިބޭ މީހުން ކަމަށެވެ.

އޭގެ ތެރޭގައި ސީދާ ވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމު ފެއިލްވުމުގެ ސަބަބުން މަރުވި 5،503 މީހުންނާއި ވައިރަހާ ގުޅިގެން ދިމާވާ ހާލަތްތަކުގެ ސަބަބުން މަރުވި 54،435 މީހުން ހިމެނެ އެވެ. ހަގީގީ ޖުމުލަ މިއަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެނީ އެ އަދަދުތަކަކީ ހަމައެކަނި މެޑިކަލް ފެސިލިޓީތަކުގައި ރެކޯޑް ކުރެވިފައިވާ މަރުތަކަށް ވާތީ އެވެ.

މިދިޔަ މަހު ބެއިޖިންއިން ވަނީ ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ގިންތިކުރާ ގޮތް ބަދަލުކޮށް، ސީދާ ވައިރަހުގެ ސަބަބުން ނޭވާލާ ނިޒާމު ފެއިލްވެގެން މަރުވި މީހުންގެ ޖުމުލައަށް ގުނަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި މާނައަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ "ވަރަށް ހަނި" މާނައެއް ކަމަށް ސިފަކޮށްފަ އެވެ.

ބެއިޖިންއިން އަބަދުވެސް ބުނަމުން ދަނީ އެ ގައުމުގެ އަދަދުތަކަކީ ސައްހަ އަދަދުތަކެއް ކަމަށާއި ޑަބްލިއުއެޗްއޯއިން "ސައިންޓިފިކް، އޮބްޖެކްޓިވް އަދި އިންސާފުވެރި މަގާމެއް ދެމެހެއްޓުމަށް" ގޮވާލާ ކަމަށެވެ.

އޮފިޝަލުން ވިދާޅުވީ ސީރިއަސް ކޮވިޑުޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ޕީކް ހުރީ ޖެނުއަރީ މަހުގެ ކުރީކޮޅު ކަމަށާއި ނަމަވެސް ފަހުން އެ އަދަދު މަތިކަމަށެވެ.

އަދި ރަށްރަށުގެ ހާލަތު މޮނިޓާކޮށް، އަވަހަށް ދެނެގަނެ، އެންމެ ނާޒުކު މީހުންނަށް ފަރުވާ ދިނުމަށް އިސްކަން ދޭނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!