ރިޕޯޓް

ކިތަންމެ ނުރުހުނަސް އެއްވެސް ބަޔަކަށް މިކަހަލަ ކަމެއް ވާން އެދުން ރަނގަޅެއް ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުގެ ހެޑް އޮފީސް ގޮވުމަށް ނުވަތަ އެތަނުގައި އަލިފާން ރޯވުމަށް އެދި ފޭސްބުކް ޕޭޖެއްގައި ބަޔަކު ޕޯސްޓެއް ހިއްސާ ކޮށްފިއެވެ.

Ads by MWSC

"ހައު މޯލްޑިވިއަން" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖެއްގައި ދިރާގުގެ ހެޑް އޮފީހުގައި ރޯވެގެން އުޅޭ މަންޒަރު ދައްކުވައިދޭ (އެމީހުން އަމިއްލައަށް ހަދައިގެން އުޅޭ) ފޮޓޯއަކާއިއެކު ޕޯސްޓެއް ކޮށްފައިވާއިރު، އޭގެ ކެޕްޝަނަކަށް ލިޔެފައިވަނީ "ހޭވް ޔޫ އެވަރ ޑްރީމް ދިސް" (މިހެން ވުމަށް ދުވަހަކުވެސް އެދުނިންތަ؟) މިފަދައިންނެވެ.

އެޕޯސްޓު ވަރަށް ގިނަ މީހުން ޝެއާކޮށްފައިވެއެވެ. އަދި އެއަށް ކޮމެންޓުކުރި ބައެއް މީހުން، އެފަދަ ކަންކަމަށް ނޭދެމަށް ގޮވާލާފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ އެއީ "ދިރާގު" ކަމަށް ވަންޏާ އެހެންވާން އެދޭ ކަމަށެވެ.

މިކަން މީޑިއާތަކުން ފުލުހުންނާއި ހިއްސާ ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ އެޕޯސްޓު މޯލްޑިވްސް ޕޮލިސް ސާވިސްގެ ކަމާއިގުޅޭ ޑިޕާޓްމަންޓަށް ފޮނުވާފައިވާ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ހިންގާ މިފަދަ ހަރަކާރްތައް މޮނިޓަރކޮށް ތަހުގީގުކުރަންޖެހޭ ކަންކަން ކަމާއި ގުޅުންހުރި އެހެން އިދާރާތަކާއި، އަދި ބައިނަލްއަގުވާމީ ފަރާތްތަކާއި ގުޅިގެން ކުރެވެމުންދޭ. އެހެންނަމަވެސް އެނޮނިމަސްކޮށް (ކާކުކަން ނޭނގޭ ގޮތަށް) މިހެންކުރާ ޕޯސްޓުތައް ކުރާފަރާތްހޯދުމަށް ގިނަ އުނދަގޫތަކެއް ހުރޭ. އަޅުގަނޑުމެންގެ އިލްތިމާސަކީ މިފަދަ ފަރާތްތަކަށް ހިތްވަރު ލިބޭގޮތަށް އެއްވެސް ފަރާތަކުން މިފަދަ ޕޯސްޓުތަކަަށް ކޮމެންޓުނުކުރުމާއި ޝެއަރކުރުން ފަދަ ކަންކަން ނުކުރުން." ފުލުހުން ވިދާޅުވެފައިވެއެވެ.

ހަގީގަތުގައި މިފަދަ ޕޯސްޓުތައް ހެދުމާއި މިކަހަލަ ކަންކަމުގައި އެދުމަކީ ވެސް ގޯހެކެވެ. ކިތަންމެ ނުރުހުނު ކަމުގައިވިޔަސް، ދިރާގަކީ ވެސް ހަމަ އަހަރެމެންފަދަ އިންސާނުން މަސައްކަތް ކުރަންދާ ތަނެކެވެ. އޭގެން ކޮންމެ މީހެއްގެވެސް އާއިލާއެއް ވެސް ވާނެއެވެ. މިކަހަލަ ހިތާމަވެރި، ނުރައްކާތެރި ކަންކަންވުމަށް އެދުމުގެ ކުރިން މާތް ﷲ އަށް ބިރުވެތިވާށެވެ!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!