ޚަބަރު

‎ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ރޭވުންތެރިކަން އެއްވެސް ވަރަކަށް ނެތުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ތަކެތީގެ އަގު އުފުލި ޓެކްސް ބޮޑުކުރަން ޖެހުނީ ‎ސަރުކާރުގެ ރޭވުންތެރިކަން އެއްވެސް ވަރަކަށް ނެތުމުންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ޅ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކުރެންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަޑީޕީގެ ސިޔާސަތުތަކަށް އަމަލުނުކޮށް ސަރުކާރުން އަމަލު ކުރަމުން ދަނީ އިއްތިހާދުގެ ސިޔާސަތުތަކަކަށް ކަމަށެވެ.

"މިއަދު ތަކެތީގެ އަގު އުފުލި ޓެކްސް ބޮޑުކުރަން ޖެހި މިވަނީ މި ޕާޓީގެ ސިޔާސަތުތަކަށް ސަރުކާރުން އަމަލު ނުކުރާތީ. އިއްތިހާދުގެ ސިޔާސަތުތަކަކަށް އަމަލު ކުރަމުން މިދަނީ. އެހެންވީމަ ބޭނުންވާ ނަތީޖާއެއް ނުނެރެވޭ." ނަޝީދު ވިދާޅުވިއެވެ.

އަދި އެކަން އެހެން އޮތުމުން އެމްޑީޕީއަށް ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށާއި ތަކެތީގެ އަގު ބޮޑުވުމާއި 2023ވަނަ އަހަރު ޓެކްސް ބޮޑުކުރަން ޖެހުނީ ރޭވުންތެރިކަން އެއްވެސް ވަރަކަށް ނެތުމުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅިވިއެވެ.

މީގެ އިތުރުން ދަރަނި އަލުން އެކުލަވާނެ ކަމަށް ބުނި ނަމަވެސް ނަގާފައި ހުރި ދަރަނި ދައްކަން އާ ދަރަނި ނަގާފައިވާ ކަމަށާއި އެގޮތަށް އަމަލު ކޮށްގެން ޤައުމު ތަރައްޤީ ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC
  1. ޢިއްބެ

    ނަސީދޫ އެމްޑީޕީ ފެއިލް ފެއިލް ވެގެން އައިއިރު މަނިކުފާނަށްވެސް ތި ހުރެވުނީ ނުރެކޭފަދަ މަގާމެއްގަ ރައްޔިތުން އެމްޑީޕީއަށް ދިން ސުޕަރ މެޖޯރިޓީގަ މަނިކުފާނު ބުނެގެން އަދި އެތަނުގެ ރައީސްކަމުގަ އަދި މަނިކުފާނު ބުނެގެން ކައުންސިލްވެސް ދިނީމު ދެން ކޯޗެއްހޭ ދޭން އޮތީ