ޚަބަރު

ހުޅުމާލޭގައި ހެވީ ވެހިކަލްއަށް ޚާއްސަ ޕާކިންގ ޖާގަ ކުއްޔަށް ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕާކިންގގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުޞޫލުން ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއިން ނިންމައިފިއެވެ.

Ads by Hajj Corporation

އެޗްޑީސީއިން ވިދާޅުވީ، ހެވީ ވެހިކަލްތައް ޕާކުކުރުމަށް 19 ޖާގައެއް ބީލަމުގެ އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ބީލަން ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 17 އިން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

އެޗްޑީސީ އިން ބުނީ ކުއްޔަށް ދޫކުރެވޭ ޕާކިންގ ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގަ ކަމަށެވެ.

އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އެ ޕާކިންގ ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01ރ. އެވެ. އަދި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!