ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓަށް ޝާހު، ޓޮމް ކުރޫޒަށް ވުރެވެސް މުއްސަނދި

ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓަށް ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން އަރައިފިއެވެ.
ދުނިޔޭގެ މަޝްހޫރުތަރިން ހިމެނޭ މިލިސްޓުން ޝާހްރުކް ޖާގަހޯދިއިރު މިއީ ލިސްޓުން އިންޑިޔާގެ މީހަކަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ހަތަރު ވަނަ 770 މިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކުގައެވެ.
ކާމިޔާބު ތަރިން ކަމުގައިވާ ޓޮމް ކުރޫޒާއި ޖެކީ ޗަން އަދި ޖޯޖް ކުލޫނީ ވެސް މިލިސްޓުން ޖާގަލިބުނީ ޝާހްރުކް ޚާނަށްވުރެ ފަހަތުންނެވެ.
"ވޯލްޑް އޮފް ސްޓެޓިސްޓިކްސް" އާއްމުކޮށްފައިވާ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ 1 ވަނައިގައި ވަނީ 1 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކު ޖެރީ ސައިންފެލްޑެވެ. 2 ވަނަ އަށް ޓައިލާ ޕެރީ ހޮވިފައިވަނީ ވަނީވެސް 1 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކުގައެވެ. 800 މިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކު ލިސްޓުގެ 3 ވަނަ އަށް ހޮވިފައިވަނީ ޑްވެއިން ޖޯންސަންއެވެ. ހަތަރުވަނަ އަށް ޝާހްރުކް ޚާން ހޮވިފައިވަނީ 770 މިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކުގައެވެ. ލިސްޓުގެ 5 ވަނައަށް ޓޮމް ކުރޫޒް ހޮވިފައިވާއިރު އޭނާގެ މިލްކިއްޔާތުގައި 620 މިލިއަން ޑޮލަރުވެއެވެ. 6 ވަނައިގައި ޖެކީ ޗެން ވަނީ 520 މިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކުގައެވެ. 7 ވަނައިގައި ޖޯޖް ކުލޫނީ ވާއިރު އޭނާގެ މިލްކިއްޔާތުގައި ވަނީ 500 މިލިއަން ޑޮލަރެވެ. އަދި 8 ވަނައިގައިވާ ރޮބަޓް ޑިނޭރޯގެ މިލްކިއްޔާތުގައި ހުރީ ވެސް 500 މިލިއަން ޑޮލަރެވެ.