ޚަބަރު

ޓެކްސް ބޮޑު ކުރުމާއި ގުޅިގެން 2023 ވަނަ އަހަރަކީ ވަަރަށް ދަތި އަހަރަކަށް ވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޓެކްސް ބޮޑު ކުރުމާއި ގުޅިގެން 2023 ވަނަ އަހަރަކީ ވަަރަށް ދަތި އަހަރަކަށް ވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން އަމަލު ކުރަނީ އެމްޑީޕީގެ މެނިފެސްޓޯއާ ހިލާފަށް ކަމަށެވެ. އަދި ކުރާ ހަރަދުތައް ވެސް އިންތިހާއަށް ބޮޑު ކަމަށާއި މިކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި މިހާރަށް ވުރެ ވެސް ތަކެތީގެ އަގު އުފުލިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“މިހާރު ބާޒާރުގައި ހުރި ތަކެތި ހުސްވީމާ، ދެން ގެންނަ ސްޓޮކަށް ޖީއެސްޓީ ވައްދަނެ ޖެހޭނެ ނާލަށް ވެސް، ފްލައިޓަށް ވެސް، ގުދަން ކުރުމަށް ވެސް. ހުރިހާ ކަމެއް ކުރަން. އެންމެ ފަހުން ގޮސް ކިރުދަޅެއް އަގުބޮޑު ވެގެން މި ދަނީ އަތް ނުލެވޭ ހިސާބައް” ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވަމުންދާ ކަމަށާއި ކުރިޔަށްއޮތް 2023 ވަނަ އަހަރަކީ ވެސް ވަރަށް ދަތި އަހަރަކަށް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ދިރިއުޅުމަަށް މި އަންނަނީ ވަރަށް ބޮޑު ދަތި ކަމެއް. ކުރިޔަށްމިއޮތް 2023 ވަނަ އަހަރަކީ ވަރަށް ދަތި އަހަރެއް. މިއީ ސަރުކާރުގެ ރޭވުންތެރިކަން ހަމަ އެއްގޮތަކަށް ވެސް ގެތިގެން އިއްތިހާދުގެ ސިޔާސަތުތައް ހިފެހެއްޓުމަަށް ސަރުކާރުން ކުރި ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ޖެހުނު ކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2019ވަނަ އަހަރު ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރިން މެނިފެސްޓޯގައި ލިޔުއްވީ ދަރަނި އަލުން އެކުލަވާލުން ކަމަށާއި އެކަމަށް ހުށަހެޅީ ދަރަންޏަށް ފައިސާ ދިން ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ދަރަނި ދެއްކުމުގެ މުއްދަތު އިތުރު ކުރުމަށް ކަަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެގޮތައް އަމަލު ނުކުރި ކަމަށާއި ދަރަނި މައްޗަށް ދަރަނި ނަގަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Ads by HDC
  1. ޚާލިދު

    ކޮންހާފޮނިވާހަކަތަކެއް މަނިކުފާނު ރިޔާސަތުގައިއިންނަވާގެން އެމްޑީޕީ މަޖިލިސްމެންބަރުންޓެކުސްބޮނޑުކުރީ މިހާރުވެރިކަންބޭނުންވެގެން ކޮންހާމޮޅުވާހަކަތަކެއްތިދައްކަނީ މިގައުމަށްދިމާވެފައިވާ އެންމެބޮނޑު މުސީބާތަކީ ތިޔަ އިއްޒަތްތެރި މަނިކުފާނު ދިވެހިރައްޔަތުން ކަލެއަކަށްތާއީދެއްނުރާނެ ވަރަށްސަލާމް2023