ޚަބަރު ސިޔާސީ

އަމްރު ދެއްވީ އެސްޓީއޯ އިން ކުރަމުންގެންދާ މަސައްކަތްތައް ބާރަށް ކުރިޔަށްދާނެ ކަމުގެ ޔަގީންކަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މަޑުނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ދެއްކެވި ވާހަކަފުޅަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރައްދު ދެއްވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ޕާޓީގެ ބައެއް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަފާނެ ކަމަށެވެ.

އަދި ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި އެއްވެސް މަޝްރޫއުއެއް ހުއްޓުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ކުންފުނިތަކުގައި ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން އަމްރު ވިދާޅުވީ އަޅުގަޑު ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސް ޞާލިޙްއާ ވާހަކަދެއްކެވި ކަމަށާއި ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދަންނަވާފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

” އެސްޓީއޯ އިން ކުރަމުން ގެންދަނީ ޤައުމީ މަސައްކަތެއް، އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް، އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ” އަމްރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބައއތިރީސް

    ދެން އަލުން އެސްޓީއޯ އާ ނުގުޅުނަސް
    ޢޯކޭ. ދޯ

  2. އަލިހޮއްކޮ

    މިގްރޫޕްކަށް ނަޝީދެއް ދުލެއް ނުކުރެވޭނެއެވެ. މިއީ ހިނދުކޮޅު ގްރޫޕްގެ މެންބަރެކެވެ.