ޚަބަރު ސިޔާސީ

ދުންޔާގެ ހޫނު ރައްދެއް ނަޝީދަށް:ސަރުކާރެއް ހިންގޭނީ ހިނގުމުގެ ގާބިލުކަން ކުރި މީހުންނަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސަރުކާރެއް ހިންގޭނީ ހިނގުމުގެ ޤާބިލުކަން ހުރި މީހުންނަށް ކަމަށް ވިދާޅުވެ ދުންޔާ މައުމޫން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމްމޫވްމަންޓްގެ ލީޑަރ މައުމޫން އަބްދުލްް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ  ވިދާޅުވީ ހަރުގޭގަ ހަރުއަޑުން މީހުންނަށް އެއްޗެހި ގޮވަން އެނގުނަކަސް ސަރުކާރެއް ނުހިންގޭނެކަމަށެވެ.

"ސިޔާސީ މަޤާމު އުފައްދައިގެން މީހުންގެ ތާއީދު ހޯދަން ފެއްޓެވީ 2009 ގަ މަނިކުފާނު. ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށް. ހަރުގޭގަ ހަރުއަޑުން މީހުންނަށް އެއްޗެހި ގޮވަން އެނގުނަކަސް ސަރުކާރެއް ނުހިންގޭނެ. އެމްއެންޕީގެ ސަރުކާރެއް ހިންގާނީ ޕްރޮފެޝަނަލް މީހުން!" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އިއްޔެ އެކަމަނާގެ ބައްޕާފުޅުގެ ސަރުކާރާއިބެހޭގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މިގޮތުން ރައީސް ނަޝީދުވަނީ ރައީސް މައުމޫންގެ ސަރުކާރުގެ އެކި ޚުދުމުހުތާރު ސިފަތައް މިސަރުކާރުންވެސް ފެންނަކަމަށް ވިދާޅުވެފައެވެ.

ދުންޔާ މިހެން ވިދާޅުވިއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދުންޔާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީން ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރު ނާޒިމަށް ވަނީ ދެއްވައިފައެވެ.

ނާޒިމް ދަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާރުވެސް ކެމްޕޭން ކުރައްވަމުންނެވެ.  މިގޮތުން އެމްއެންޕީން ގެންދަނީ ކެމްޕޭނަށް އެކި ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވަމުން ކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!