ޚަބަރު ސިޔާސީ

އެތެރޭގެ އިންތިޚާބެއްގައި ޕީޕީއެމަށް އެއްޗެހި ގޮވަންޏާ، ރައްދު ދެވޭނެ: ޝަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު--

އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި އިދިކޮޅު ޕީޕީއެމަށް އެއްޗެހި ގޮވަންޏާ، ރައްދު ދެވޭނެ ކަމަށް އެ ޕާޓީގެ އެޑްވައިޒަރު، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް މިހެން ވިދާޅުވިއިރު، ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ބައެއް ބޭފުޅުން ގެންދަވަނީ ޕީޕީއެމަށާއި، އެ ޕާޓީގެ ރައީސް، ޔާމީން އަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ، މި ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހޮވިވަޑައިގެންފިނަމަ، ޕީޕީއެމްގެ ވެރިކަމުގެ އަނިޔާވެރި ސިފަތައް އަލުން އަތުވެދާނެ ކަމަށެވެ.

ޝާހިދު ޓެގް ކުރައްވައި ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޤާއިމު ކުރި ބޮޑެތި، ބިޔަ މަޝްރޫޢުތައް އެ ހުރީ ފެންނަން ކަމަށާއި، ޝާހިދުމެން އެތެރޭގެ ޕްރައިމަރީއެއްގައި ޕީޕީއެމަށް އެއްޗެހި ގޮވަންޏާ ރައްދު ދެވޭނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދެވެ. މި އިންތިޚާބަށް ފޯރިގަދަ ކެމްޕެއިނެއް ދެ ކެންޑިޑޭޓުންވެސް ކުރައްވަމުން އަންނައިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މި އިންތިޚާބަށް ހުއްޓިފައެވެ.

Ads by Allied Insurance
  1. ހަސަންބެ

    ކަލޭ އޮވޭ ރައްދު ދީގެން ބޮޑު ވަގެއްގެ ގައިގާ ބައްދާާލައިގެން