ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 10 ބޭފުޅަކު ކުރިމަތިލައިފި

ރައުފާ ރަޝީދު

ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަޤާމަށް 10 ބޭފުޅަކު ޝަޢުޤުވެރިކަން ފާޅުކޮށް ކުރިމަތިލައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ 02 މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން ސުންގަޑި ހަމަވިއިރު އެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވިކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ، މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ، އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ، އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ، އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ، ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ، އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި، ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ، ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194 އަދި އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!