ބޮލީވުޑް

ސަލްމާން ޚާން ކައިވެންޏެއް ނުކޮށް ހުންނަނީ ކާކާ ހެދިކަން އިނގޭތަ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--

ބޮލީވުޑްގެ އެކްޓަރު ސަލްމާންޚާންގެ މަޝްހޫރު ކަމާ އެއްވަރަށް، ދެކެވޭ އަނެއް ވާހަކަ އަކީ އޭނާ ކައިވެންޏެއް ނުކޮށް ހުންނަ ވާހަކައެވެ.

Ads by STELCO

ސަލްމާންއާ "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ބަތަލާ އައިޝްވަރްޔާ ރާއީގެ ލޯބީގެ ވާހަކަ އަކީ ގިނަ ބަޔަކު އަހައިފައިވާނެ މަޝްހޫރު ވާހަކައެކެވެ. ނަމަވެސް ސަލްމާން ކައިވެންޏެއް ނުކޮށް، ސިންގަލްކޮށް އެ ހުންނަނީ އައިޝްވަރްޔާގެ ސަބަބުން ނޫން ކަމަށް ބުނެފިނަމަ، ޤަބޫލު ކުރާނަން ހެއްޔެވެ؟

މީގެ ކުރިން ދެއްކި "ބިގް ބޮސް"ގެ ސިލްސިލާއެއްގައި ސަލްމާން ވަނީ އޭނާ ސިންގަލް ކޮށް، ނުވަތަ ކައިވެންޏެއް ނުކޮށް ހުންނަނީ ކޮން ބަތަލާއެއްގެ ސަބަބުންކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި، ސިންގަލް ކޮށް ހުންނަނީ، ކައިވެންޏެއްނުކޮށް ހުއްޓައި މުސްކުޅިވި ބަތަލާ ރޭކާގެ ސަބަބުން ކަމަށެެވެ.

ސަލްމާން މިހެން ބުނެ، ރޭކާ ބިގްބޮސްގެ ޝޯއަކަށް  އޭނާގެ ފިލްމެއްގެ ޕްރޮމޯޝަނަށް އައުމުން، އޭނާއަށް ކުޑައިރު ރޭކާ ވަރަށް ބޮޑަށް ކަމުދާކަންވެސް ހާމަ ކުރިއެވެ. އަދި އަވަށްޓެރިއެއްގެ ގޮތުގައި ރޭކާ އުޅުނު ދުވަސްވަރެއްގައި، ރޭކާ ފެނޭތޯ ގޭގެ ބެލްކަންޏަށް ނުކުމެ އުޅުނު ކަަމަށްވެސް އޭނާ ބުންޏެވެ.

ކައިވެންޏެއް ނުކޮށް ހުރި ސަލްމާނާ ބޮލީވުޑްގެ ނަންހިނާ ބައެއް އަންހެން ތަރިންނާވެސް ގުޅުން އޮތެވެ. އޭނާގެ ލޯބީގެ ލިސްޓުގައި އައިޝްވަރްޔާގެ އިތުރުން، ކެޓްރީނާ ކެއިފް އަދި ސޯމީ އަލީ ހިމެނެއެވެ. ސަލްމާން ކައިވެންޏެއް ކޮށްފައިނުވާއިރު، މި އަހަރު އޭނާއަށް 57 އަހަރު ވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!