ބޮލީވުޑް މުނިފޫހިފިލުވުން

ޝާހު، އާމިރު އަދި ސަލްމާންވެސް ފަވާދުއަށް ޖެލެސްވަނީތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހު، ސަލްމާން، އާމިރު އަދި ފަވާދު

ބޮލީވުޑްގެ އެންމެ މަގުބޫލު މޫނުތައް ކަމަށްވާ ޝާހުރުކް ހާން، ސަލްމާން ހާން އަދި އާމިރު ހާންވެސް ޕާކިސްތާނު އެކްޓަރު ފަވާދު ހާންއާއިމެދު ޖެލެސް ވާކަމަށް ޕާކިސްތާނުގެ ޓީވީ ހޮސްޓު ނާދިއާ ހާން ބުނެފި އެވެ.

Ads by Hajj Corporation

ނާދިއާ އަކީ ޕާކިސްތާނުގެ މަޝްހޫރު ޓީވީ ހޮސްޓެކެވެ. އަދި އޭނާއަކީ ސޯޝަލް މީޑިއާ އިންފްލުއެންސާ އެކެވެ. އޭނާއަކީ ހިޔާލު ފާޅު ކުރުމުގައި އެއްވެސް ފޮރުވުމެއް ނުގެންގުޅޭ މީހެކެވެ. މިހެންވުމުން އޭނާގެ ބައެއް ވާހަކަތަކާއި ގުޅިގެން މީގެ ކުރިންވެސް އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.

ދާދި ފަހުން އޭނާ ވަނީ އިތުރު ވާހަކަތަކެއް މީޑިއާގައި ދައްކައިފަ އެވެ. އެގޮތުން ބޮލީވުޑްގައި މަސައްކަތް ކުރާ ޕާކިސްތާނުގެ އެކްޓަރުންނާއިމެދު ބޮލީވުޑްގެ ނުފޫޒުގަދަ އެކްޓަރުން ޖެލެސް ވާކަމަށް ނާދިއާ ބުންޏެވެ. ސަލްމާން، ޝާހު އަދި އާމިރުވެސް ފަވާދު ހާންއަށް ޖެލެސްވާ ކަމަށާއި އެއީ ފަވާދު އަކީ ވަރަށް މޮޅު އެކްޓަރަކަށް ވުމުން ކަމަށްވެސް ނާދިއާ ބުންޏެވެ.

މީގެ އިތުރުންވެސް ޕާކިސްތާނު އެކްޓަރުންގެ ހުނަރުގެ ސަބަބުން އިންޑިއާއަށް ނިސްބަތްވާ އެކްޓަރުން ބިރުގަންނަ ކަމަށް ނާދިއާ ބުންޏެވެ.

ޕާކިސްތާނު އާޓިސްޓުންނަށް އިންޑިއާގައި މަސައްކަތް ނުކުރެވޭގޮތަށް އެގައުމުގެ ކޯޓުން ވަނީ ނޯޓިސްއެއް ނެރެފަ އެވެ. އެހެންނަމަވެސް މިފަހުން ވަނީ އެ ނޯޓިސް ބާތިލުކޮށްފަ އެވެ. އެހެންކަމުން ޕާކިސްތާނު އެކްޓަރުންނަށް އިންޑިއާގައި މަސައްކަތް ކުރުމަށް މިހާރު ހުރަހެއް ނެތެވެ.

ބޮލީވުޑްގައި ޕާކިސްތާނުގެ ފަންނާނުން ވަނީ މަގްބޫލުކަން ހޯދައިފަ އެވެ. އޭގެ ތެރޭގައި ފަވާދުގެ އިތުރުން އަލީ ޒަފަރު، ނަސީރުއްދީން ޝާހު ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ލަވަކިޔުންތެރިންކަމަށްވާ އާތިފް އަސްލަމް އަދި ރާހަތު ފަތެހް އަލީ ހާންވެސް ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!