މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ގަޑުބަޑުކުރެއްވުމަށް އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ސަމާލުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގެންނެވުމާއި ގުޅިގެން ޕީޕީއެމްގެ ސްޕޯކްސްޕާރސަން ހީނާ ވަލީދު ރައްދު ދެއްވައިފިއެވެ.
ހީނާ ވިދާޅުވީ އިދިކޮޅުގެ ހުރިހާ ފޯކަސް އެއް ހުރީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށާއި ތައްޔާރުވަމުން ދަނީ ރައީސް ޔާމީންގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށްކަމަށެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. މާޅޮހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭކަމަށާއި ރައީސް އިތުރަށް ވިދާޅުވީ އިދިކޮޅުން އެގޮތަށް ކަން ކުރަމުން އަންނަނީ މި އިންތިޚާބުގައި ކިރިޔާވެސް ވާދަކޮށްލެވެން އޮތީ އެގޮތަށް ކަންކަން ކޮށްގެން ކަމަށް ވާތީ ކަމަށެވެ.
އެހެންނަމަވެސް އެމްޑީޕީން ދައްކަމުން ގެންދަނީ ފުރިހަމަ ޑިމޮކްރެޓިން ނަމޫނާއެއް ކަމަށާއި، މި އިންތިޚާބުވެސް މުޅި ރާއްޖެއަށް ނަމޫނާއަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ.