ޚަބަރު

ގަރާޖު ހިންގަން ހުޅުމާލެއިން ދޫކުރާ ބިންތައް މާޗް މަހު ހަވާލުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
DCIM100GOPROGOPR1206.JPG

ގަރާޖު ހިންގަން ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ ބިންތައް އަންނަ މާރިޗު މަހު ޙަވާލުކުރެވޭވަރު ވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޗްޑީސީއިން ވިދާޅުވީ، ގަރާޖު ހިންގުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 200 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށެވެ. އަދި ބިންތައް އަންނަ މާޗު މަހު ޙަވާލުކުރެވޭވަރު ވާނެކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެޗްޑީސީން ނިންމާފައިވަނީ މާލޭގައި މިހާރު ހިންގާ ގަރާޖުތަކުގެ ތެރެއިން 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫގެ ބިން ދޫކުރުމަށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 1300 އަކަފޫޓުގެ ބިމެކެވެ.

އެޗްޑީސީން ވަނީ ހެވީ ވެހިކަލްތައް ޕާކުކުރުމަށް 19 ޖާގައެއް ވެސް ބީލަމުގެ އުޞޫލުން ދޫކުރުމަށް ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!