ދުނިޔެ

އިންޑިއާގެ އިޤްތިސާދުގައި ނަން މަޝްޙޫރު އަމްރިތު ކާލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދި ފަހުން އިންޑިއާ އިން ވަނީ މިނިވަންކަމަށް 75 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.  އަމްރިތުކާލްގެ ވިސްނުން ކުރިއަށް އޮތް 25 އަހަރަށް، އެގޮތުން 2047 ވަނަ އަހަރާ ހަމައަށް، އިންޑިޔާގެ މިނިވަންކަމަށް 100 އަހަރު ފުރޭނެ ދުވަހާ ހަމައަށް ފުޅާވެގެން ދެއެވެ.  2023 ވަނަ އަހަރުގެ އިންޑިޔާއަކީ 1947 ވަނަ އަހަރުގެ އިންޑިޔާއާއި ތަފާތު ޤައުމަކަށްވާއިރު، 2047 ވަނަ އަހަރުގެ އިންޑިޔާ އާ ހަމައަށް 2023 ވަނަ އަހަރުގެ އިންޑިޔާ ބަދަލުވެގެންދާނީ، މިއަދު ވަރަށް މަދު ބަޔަކަށް ލަފާކޮށް އަންދާޒާކުރެވޭނެ ގޮތަކަށެވެ. ފާއިތުވި 25 އަހަރަށް ވިސްނާ ފިކުރުކޮށްލައިފިނަމަ އިންޑިޔާއަށް އައިސްފައިވާ ބަދަލުތައް އަންދާޒާކުރެވުނީ ކިތައް މީހުން ހެއްޔެވެ؟

Ads by Sosun Fihaara

ދުނިޔެ އަކީ އެއްވެސް ޔަޤީންކަމެއްނެތް ގޮތުގައި ދެމިގެންދާ ތަނެކެވެ.  މުސްތަޤުބަލަކީ އަބަދުވެސް ޔަޤީންކަމެއް ނެތް ޙާލަތެއް ކަމުގައިވީނަމަވެސް، ދުނިޔޭގެ މިހާރުގެ ޙާލަތަކީ، ކޮވިޑް، ޖިއޯ-ޕޮލިޓިކަލް ޓެންޝަން، މަލްޓިލޭޓަރަލް ސިސްޓަމް ފުނޑުފުނޑުވުމުގެ އިތުރުން، ކުރިއަރާފައިވާ ޤައުމުތައް ގްލޯބަލައިޒޭޝަންއިން ފަހަތަށް ޖެއްސުމާއި، އޭގެ ތެރެއިން ބައެއް ޤައުމުތަށް ތަދުމަޑުކަމާއި ކުރިމަތިވުމުގެ ބިރުވެރިކަމުގަ އޮތުމެވެ. އަދި މިކަމުން އިންޑިއާއަށް ފިއްތުންތައް ކުރިމަތިވަނީ، އިންޑިއާއަކީ ކުރިއަރަމުން އަންނަ އިޤްތިސާދަކަށްވުމުން،ބްރެޓަން ވުޑްސް އިންސްޓިޓިއުޝަންސް މީގެތެރޭގައި ހިމެނޭފަދައިންނެވެ.  ނަމަވެސަ އިންޑިޔާ ފަދަ އިޤްތިޞާދުތައް ކުރިއަރަމުން ދިޔުން ދުނިޔެއިން އަދިވެސް ޤަބޫލެއް ނުކުރެއެވެ.  ލޯޑް ކީންސް އަކީ އާންމުކޮށް އެ ދައްކާ ވާހަކައިގެ ބޭރުން ހަވާލާދޭ ބޭފުޅެކެވެ.  "ކުރިއަށް އޮތް ތަނުގައި އަހަރެމެން އެންމެން ވެސް ވާނީ މަރެވެ"މިފަދައިން ވަނީ ވިދާޅުވެފައެވެ. ފުރިހަމަ ލިޔުން (ދަ ޓްރެކްޓް އޮން މަނިޓަރީ ރިފޯމް، 1923) ކިޔާލިޔަސް، އެ ނިޔަތަކީ އެފަދައިން ދައްކާ ވާހަކަބޭރުން ދޭހަވާ ފަދަ ކަމެއް ނޫންކަން އެނގޭނެ އެވެ.

މިހާރުވެސް އަދި މުސްތަޤްބަލުގައިވެސް، ޔަޤީންނުވާ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ އަނެއްކޮޅުން ޔަގީންވާ ވަރަށް ގިނަ ކަންކަން ވެސް އެބަހުއްޓެވެ.  ޔަޤީންކަމުގެ ކަންކަމުގެ ތެރޭގައި، އިންޑިޔާގެ އިޤްތިޞާދީ ކުރިއެރުމާ މެދު ދެބަސްވެވޭކަށް ނެތެވެ.  އެއް ޒަމާނެއްގައި ގޯލްޑްމަން ސޭކްސް ރިޕޯޓާއި ބްރިކްސްއާއެކު ދެކެމުން ދިޔަ ހުވަފެނާއި 2003 ވަނަ އަހަރު ލިޔުނު 2050 ވަނަ އަހަރަށް ވާސިލްވުމާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވުނެވެ.  (1) އެ ރިޕޯޓުގައި، އިންޑިޔާގެ ޖީ.ޑީ.ޕީ ކުރިއެރުމުގެ އެވްރެޖް ރިއަލް ރޭޓް ހުރީ ގާތްގަނޑަކަށް 5.5 އިންސައްތައިގައެވެ. (2) އެ ރިޕޯޓުގައި 2047 ވަނަ އަހަރުގެ ޢަދަދެއް ނެތް ނަމަވެސް، 2045 ވަނަ އަހަރަށް އެ ރިޕޯޓުގައި އަދަދު ވަނީ ހިމަނާފައިއެވެ.  2045 ވަނަ އަހަރު އިންޑިއާގެ އެގްރިގޭޓް ޖީޑީޕީ 18.8 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ބޮލަކަށް ޖެހޭ ޖީޑީޕީ އަކީ އެންމެ 12،000 އެމެރިކާ ޑޮލަރެވެ.  (3) މިހާރު އޮތް ނުތަނަވަސްކަމުގެ ސަބަބުން އުއްމީދީ އަންދާޒާތަކަށް އަސަރެއް ނުކުރެއެވެ. ޑިމޮގްރަފިކް ޓްރާންސިޝަން އާއި އާމްދަނީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ސޭވިންގ/އިންވެސްޓްމަންޓް ރޭޓް އިތުރުވުމާއި، މިހާރަށްވުރެ ހަރުދަނާ ބިންތަކުގައި ކުރިއެރުން ހޯދުމާއި، ލޭބަރ އެންޑް ކެޕިޓަލް މާކެޓްތަކާއި، އުފެއްދުންތެރިކަން ވަނީ އިތުރެވެ.  އިކޮނޮމިސްޓެއްގެ އެކްސްޕްރެޝަން ބޭނުންކުރަންޏާ އިންޑިއާ އަދިވެސް އޮތީ ޕްރޮޑަކްޝަން ޕޮސިބިލިޓީ ފްރޮންޓިއާގެ ތެރޭގައި، އެއަށް ވުރެ އުހުގައިއެއް ނޫނެވެ.  އެހެން ގޮތަކަށް ބުނާނަމަ، އިންޑިޔާގެ އެގްރިގޭޓް ކުރިއެރުމަކީ، ސްޓޭޓްތަކާއި ސްޓޭޓްތަކުގެ ކުރިއެރުމުގެ ޖުމުލައެކެވެ.  ބޭރު ދުނިޔެ މިއަށްވުރެ ހާލަތު ރަނގަޅުނަމަ އިންޑިއާ ނުވަ އިންސައްތައިގެ ކުރިއެރުމެއް ލިބުނީހެވެ.  ޢާންމުގޮތެއްގައި، މި މާޔޫސްކަން މުސްތަޤްބަލަށް ދެމިގެންދެއެވެ. އެހެންނަމަވެސް

ކުރިއަށް އޮތް 25 އަހަރު ވެސް ބޭރު ދުނިޔެ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަން އެއްވެސް ހާލެއްގައި ނޭނގެ އެވެ. އެހެންކަމަށްވާނަމަ އިންޑިއާ އަށް ނުވަ އިންސައްތައިގެ ކުރިއެރުމެއް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.  ހަގީގީ ކުރިއެރުމުގެ ރޭޓަކީ ކޮބައިހެއްޔެވެ؟

ޖަވާބު ބިނާވަނީ ލަފާ ކުރާ މީހާއާއި ހީވާ ހީވުންތަކުގެ މައްޗަށެވެ.  ނޮމިނަލް އަދަދު ބިނާވެފައި އޮންނަނީ އިންފްލޭޝަނާ ބެހޭ ގޮތުން ހަދާފައިވާ އަންދާޒާތަކުގެ މައްޗަށެވެ. އެހެންކަމުން ލަފާ ކުރާ އަދަދުތައް ގިނަ ފަހަރަށް ހަގީގީ ގޮތުން، މިއަދުގެ ޑޮލަރަށް އަރަ އެވެ.  ޑޮލަރުގެ އަދަދު ވެސް ބަރޯސާވަނީ ޑޮލަރު/ރުފިޔާގެ އެކްސްޗޭންޖް ރޭޓާ ގުޅުވާ ކޮށްފައިވާ އަންދާޒާގެ މައްޗަށެވެ.  (ގޯލްޑްމަން ސޭކްސް އިން ޑޮލަރާ އަޅާބަލާއިރު ރުޕީސްގެ އަގު އުފުލިގެން ދިޔައެވެ.)  ޕީޕީޕީ (ޕާޗޭސިން ޕަވާ ޕެރިޓީ) އެކްސަސައިޒަކީ އޭގެ ޒާތުގެގޮތުން ތަފާތު މަސައްކަތެކެވެ.

އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކާ އެކު، ހަގީގީ ކުރިއެރުމުގެ މަގަކީ ކޮބައި ހެއްޔެވެ؟  އުއްމީދެއްނެތް ފޯކާސްޓަރަކު ވެއްޖެއްޔާ އިޚްތިޔާރު ކުރާނީ، ބޭރު ދުނިޔެއާއި އެތެރޭގެ ފިއްތުންތަކަށާއި ޙާލަތަށް ބިނާކޮށް 5.5 އިންސައްތައެވެ.  އުއްމީދީ ފޯކާސްޓަރު އިޚްތިޔާރު ކުރާނީ، ދިރިއުޅުމުގެ ފަސޭހަކަމާއި، އަސާސީ ބޭނުންތައް ހަމަޖެއްސުމާއި، ވިޔަފާރީގެ ފަސޭހަކަމާއި، ސަޕްލައި ސައިޑް އިޞްލާޙުތަކާއި، ޔޫނިއަން ސަރުކާރުގެ ކެޕިޓަލް ޚަރަދުގެ ތެރެއިން ބާރުވެރިކުރުވުމަށް އިޝާރާތްކޮށް، 7.5 އިންސައްތައެވެ.  އެއީ އަންދާޒާކުރާ މިންގަނޑުން، އެއްބައެއް ފުޅާވެގެން އަންނަ ވަރަކަށް، ކުރިއެރުމުގެ މިންގަނޑު ދަށްވެދާނެކަން ވިސްނުމުގައި ބަހައްޓަމުންނެވެ. ތަރައްޤީގެ ސިޑިން އަރައިގެން ދާއިރު، އެކި ސްޓޭޓްތައް ތަރައްޤީގެ އެކި މަރުޙަލާތަކުގައި އޮތުމާއި އަދި މަޑުޖެހިފައި އޮތުމާއެކު، އެހާ ހަލުވިކަމާއެކު ކުރިއެރުން ލިބުން ދަތިވެގެން ދެއެވެ.  ދިގު ރާސްތާގެ ޔަޤީންކަމަށް އެނބުރި ދިއުމަށްޓަކައި، ޙަޤީޤީ ކުރިއެރުމާއި ބެހޭގޮތުން ތިމާގެ އަމިއްލަ އަންދާޒާތައް، 5.5 އިންސައްތައާއި 7.5 އިންސައްތައާއި ދެމެދުގައި، 6.5 އިންސައްތަ ކަމުގައި ބުނެވިދާނެއެވެ.  އޭރުން 2047 ވަނަ އަހަރު އިންޑިޔާ ކޮންމެ ރައްޔިތެއް ބޮލަކަށް ޖެހޭ އާމްދަނީ 10،000 އެމެރިކާ ޑޮލަރާއި ގާތްކުރާނެއެވެ.  އިގްތިސާދުގެ ޖުމްލަ 20 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ.  މި އަދަދުތަކަކީ ގާތްގަނޑަކަށް ގޯލްޑްމަން ސޭކްސް އާ އެއް ރޭންޖުގެ އަދަދުތަކެކެވެ. ގޯލްޑްމަން ސެކްސްގައި އެކްސްޗޭންޖް ރޭޓް ބަލައިގަންނަ ދައުރަކީ އާދަޔާ ހިލާފަށް މާ ބޮޑު އަދަދުތަކެކެވެ.  މިފަދަ އަންދާޒާތަކުގައި ހަގީގީ ކުރިއެރުމުގެ ދައުރަކީ ވަރަށްވެސް ބޮޑު ދައުރެކެވެ.

އިޞްލާޙުތަކުގެ ސަބަބުން އިންޑިޔާގެ އިޤްތިޞާދީ ދުވެލި 6.5 އިންސައްތައަށްވުރެ މައްޗަށް ގޮސް، ސިޓިއަސް، އަލްޓިއަސް އަދި ފޯޓިއަސްގެ ޝިއާރުން ބޭރުނުވާނަމަ، އެއާ ގުޅޭ ޢަދަދުތައް އިތުރުވާނެއެވެ.ތަކުރާރުކޮށް އެއްހަމައެއްގައި ހުރި ނަމަވެސް، އޭގެ މާނައަކީ އެމެރިކާ އާއި ޗައިނާ އަށް ފަހު ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިޤްތިސާދަށް އިންޑިއާ ވާނެ ކަމަށާއި، މިއީ ގުދުރަތީ ގޮތުން އިންޑިއާގެ ބައިނަލްއަގުވާމީ ބާރުން ފެންނާނެ ކަމެއް ކަމަށެވެ.  ޕީޕީޕީ ރޭންކިން ހަދައިފިނަމަ ޗައިނާއަށްފަހު ދެވަނައަށް އެންމެ އުހުގައި އޮންނަ ގައުމަކަށް ވާނީ އިންޑިއާއެވެ.  އާބާދީ އިތުރުވާ އަހަރީ ރޭޓް ދަށްވެ މިހާރު ވަނީ 1 ޕަސެންޓަށް ވުރެ ތިރިވެފައެވެ. އެހެން ނަމަވެސް 2047 ވަނަ އަހަރު އިންޑިއާ ވެގެންދާނީ 1.6 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށެވެ.  "ކުރިއަރާފައިވާ ޤައުމު" ފަދަ އިބާރާތްތައް މިދުވަސްވަރު ބޭނުން ކުރަނީ ވަރަށް މަދުންނެވެ.  އެ ލަފުޒުގައި މިހާރު ވަކި މާނައެއް ނެތެވެ.  ވޯލްޑް ބޭންކުން ބޭނުންކުރަނީ މެދުފަންތީގެ އާމްދަނީ ލިބޭ ފަދަ ލަފުޒުތަކެވެ.  މިއަދު އިންޑިއާ އަކީ މެދުފަންތީގެ އާމްދަނީ ދަށް އިޤްތިސާދެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ގައުމެކެވެ.  އަދި 2047 ވަނަ އަހަރު އިންޑިއާ ދާނީ މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ކެޓަގަރީއަށެވެ.  ބޮލަކަށް ޖެހޭ އާމްދަނީ 13،000 އެމެރިކާ ޑޮލަރަށް އެރުމުން އެ ދަރަޖަ މަތީފަންތީގެ އާމްދަނީލިބޭ ޤައުމެއްގެގޮތުގައިވެގެންދެއެވެ.  އެހިސާބުން އިންޑިއާ "ތަރައްޤީ" ވެއްޖެ އޭ ބުނެވިދާނެ އެވެ.  2047 ވަނަ އަހަރު އިންޑިޔާ ފަހަތައް ޖެހިލާނެއެވެ. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ ފަދައިން ފަޤީރުކަމުގެ ތަސައްވަރު މުޅިން ބަދަލުވެގެންދާނެއެވެ.

ފަގީރުކަން ދެނެގަތުމަކީ ފަގީރުކަމުގެ ދަރަޖައިގެ ވިސްނުމުގެ މައްޗަށް ބިނާކޮށް، މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސްއެއް ބޭނުންކޮށްގެން ދާދި ފަހުން ޔޫއެންޑީޕީން ވަނީ އިންޑިއާގައި ފަގީރުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަން ލިޔެފަ އެވެ.  އިޤްތިޞާދުތައް ތަރައްޤީވަމުން އަންނަވަރަކަށް، ފަޤީރުކަމުގެ ދަރަޖައިގެ ވިސްނުން، ދިރިއުޅުމުގެ ފެންވަރުގެ ޚަރަދުގެ މިންވަރަށްވުރެ މައްޗަށް ދާކަން ޔަގީނެވެ.  ނަމަވެސް ރަސްމީކޮށް ބޭނުންކުރާ ފަގީރުކަމުގެ ލަފުޒަކީ އަދިވެސް ޓެންޑޫލްކަރު ޕަވަރޓީ ލައިންއެވެ. ހިތާމައަކީ ފަގީރުކަން ދެނެގަތުމަށް ބޭނުންކުރާ ކޮންޒަމްޕްޝަން އެކްސްޕެންޑިޗާ ޑޭޓާ 2011-12 ގެ ފަހުން ނެތުމެވެ.

އެހެންކަމުން، މިއަދު ފަޤީރުކަން ދެނެގަތުމުގައި އެކި މީހުން ތަފާތު ވިސްނުންތައް ބޭނުންކޮށްފައި އެބަހުރިއެވެ.  ޕީ.އެލް.އެފް.އެސް (ޕީރިއޮޑިކް ލޭބަރ ފޯސް ސަރވޭ) ޑޭޓާ އާއި ޓެންޑޫލްކަރ ޕަވަރޓީ ލައިން ބޭނުންކުރާނަމަ، ފަޤީރުކަމުގެ ނިސްބަތް (ފަޤީރުކަމުގެ ދަރަޖައިގެ ދަށުގައި ވާ އާބާދީގެ އިންސައްތަ) މިހާރު ހުރީ ގާތްގަނޑަކަށް 17 އިންސައްތައިގައެވެ.  އަދި 2047 ވަނަ އަހަރު އަންނައިރު މި ރޭޝިއޯ ގާތްގަނޑަކަށް 5 އިންސައްތައަށް ދަށަށް ދާނެއެވެ.  އެސްޑީޖީ (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް) ރިޕޯޓްތަކުގެ ތެރޭގައި، އެސްޕެރިޝަނަލް ޑިސްޓްރިކްޓްސް ޕްރޮގްރާމްގެ ޒަރިއްޔާއިން ސަރުކާރުން އަމާޒުކޮށްފައިވާ ޖިއޮގްރަފިކަލް ސަރަޙައްދުތަކުގައި، ނިކަމެތިކަން ކުރިމަތިވެފައިވާ ދުވަސްވަރުތައް ލިޔެފައިވެއެވެ.

އިންޑިޔާއަކީ ތަފާތު ޤައުމަކަށްވެފައި، އަސާސީ ޒަރޫރީ ބޭނުންތައް (ޖިސްމާނީ އަދި އިޖްތިމާޢީ އިންފްރާސްޓްރަކްޗަރ، ފައިނޭންޝަލް އިންކްލޫޝަން، މާކެޓްތައް ހުޅުވާލުމާއި ޓެކްނޮލޮޖީ، ޑިޖިޓަލް އެކްސެސް) އަދި ބާރުވެރިކުރުވުމުގެ ޖުމްލަ މެސެޖް ފޯރުކޮށްދިން ނަމަވެސް، 2047 ވަނަ އަހަރުވެސް ފަޤީރުކަމުގެ ދިމާތައް ހުންނާނެއެވެ.  އެކަމަކު އެ ފަގީރުކަމުގެ ސިފަ ވަރަށް ތަފާތުވާނެ އެވެ.  އިންޑިޔާއިން ޔުނިވަރސަލް ލިޓަރަސީ ޙާޞިލުކުރާނެ، ނޫނީ އެކަން ޙާސިލްކުރުމާއި ވަރަށް ގާތްކުރާނެއެވެ. ޔޫ.އެން.ޑީ.ޕީ.އިން ބޭނުންކުރަނީ ފަޤީރުކަމުގެ ރޭޝިއޯއިން ބޭރުން، އިންސާނީ ތަރައްޤީ ދެނެގަތުމަށް، އެގްރިގޭޓް މިންގަނޑެއް ކަމުގައިވާ އެޗްޑީއައި (ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް) އެވެ.  މިއަދު އިންޑިއާ އޮތީ މީޑިއަމް ހިއުމަން ޑިވެލޮޕްމަންޓް ކެޓަގަރީގައި، އެޗްޑީއައި އިން ކަނޑައަޅާފައިއެވެ. އަދި 2047 ވަނަ އަހަރު އިންޑިއާ ދާނީ ހައި ހިއުމަން ޑިވެލޮޕްމަންޓް ކެޓަގަރީއަށެވެ.

5 ޓްރާންސިޝަނެއް ހިނގަމުންދާއިރު، 2047 ވަނަ އަހަރަށްވެސް މިފަދަ އިތުރު ކަންކަން ހިންގޭނެއެވެ.  ފުރަތަމަ ކަމަކީ، ރަށްފުށުގެ ރަށްރަށަށް ބަދަލުވެ، ރަށްވެހިވުމަކީ ތަރައްޤީއާ ގުޅިފައިވާ ކަމެކެވެ. އަދި 2047 ވަނަ އަހަރު އަންނައިރު އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުން ރަށްވެހިވެގެންދާނެއެވެ.  ގާތްގަނޑަކަށް 35 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީ އާއި ކަލްކަތާ، މުމްބާއީއަކީ 40 މިލިއަނަށް ވުރެ ގިނަ މީހުން ވަޒަންވެރިވެ އެތަންތަން ކުރިއަރާނެވެ.  ރޭވުންތެރިކަމާއިއެކު ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަކީ ރަށްވެހިކަން މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓުމަށް ހިންގާ ޕްރޮގްރާމްތަކެކެވެ.  ދެވަނަ ކަމަކީ އިޤްތިޞާދުގެ ގްރޭޓަރ ފޯމަލައިޒޭޝަން އޮންނާނެ ކަމެވެ.  ފޯމަލައިޒޭޝަނަކީ ކުރިއެރުމާއި ތަރައްޤީއާ ގުޅިފައިވާ ކަމެކެވެ.  ވަކިވަކި ފަރުދުންގެ ވަޒީފާގެ ރަސްމީ ކޮންޓްރެކްޓް އޮންނާނެ އެވެ.  އެމްއެސްއެމްއީތައް ގްރެޖުއޭޓްވާނީ ގާނޫނީ ގޮތުން ރަޖިސްޓްރީ ކުރުމަށެވެ.  އިންޑިޔާގެ ކުންފުނިތައް މިހާރަށްވުރެ ބޮޑުވެ، ހަރުދަނާވެ، ދުނިޔޭގެ ސަޕްލައި ޗެއިންތަކުގެ ތެރެއަށް ވަންނާނެއެވެ.  ތިންވަނަ ކަމަކީ ދަނޑުވެރިކަމުން އާމްދަނީ ލިބޭ އާބާދީގެ އިންސައްތަ ދަށަށް ދިއުމެވެ.  ޖީޑީޕީގައި ދަނޑުވެރިކަމުގެ ހިއްސާ 5 އިންސައްތައަށް ދަށަށް ދާނެ ކަމަށާއި ދަނޑުވެރިކަމުން އާމްދަނީ ލިބޭ އާބާދީގެ ނިސްބަތަކީ 20 އިންސައްތައަށްވުރެ ބޮޑު އަދަދެއް ނޫން ކަމަށެވެ.  ހަތަރުވަނަ ކަމަކީ، ދަނޑުވެރިކަމުގެ ތެރޭގައި، ކޮމާޝަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަނާއި، ބޮޑެތި ދަނޑުތަކަށް ބަދަލުވުމެވެ.  ފަސްވަނަ ކަމަކީ "ސަބްކާ ޕްރަޔާސް" ޝިއާރާއެކު ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުމެވެ.  އެތައް އަހަރެއް ވަންދެން ކޮނޑުގައި ކޮލޯނިއަލް ނުފޫޒެއް އޮތެވެ. އެކަމަކު މިހާރުގެ އިންޑިޔާއަކީ ފަޚުރުވެރި އިންޑިޔާއެއް، ރެސިލިއަންޓް އިންޑިޔާއެއް، އުންމީދީ އިންޑިޔާއެއްމެއެވެ. އަމްރިތުކާލަކީ އެކަމާ ގުޅޭ ވާހަކައެއް ކަމަށާއި އިޤްތިސާދީ މައިދާނުގައި ގައުމު ދަނީ އިތުރު ޔަގީންކަމާއި ވިޔަފާރިވެރިކަމާ އެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ނޯޓް: މިއ އިންޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ބިބެކް ޑެބްރޯއީ ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. ބިބެކް ޑެބްރޯއީ އަކީ އިންޑިއާގެ ބޮޑުވަޒީރުގެ އިކޮނޮމިކް އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!