ޚަބަރު ސިޔާސީ

ރައީސް ނަޝީދުގެ ނާކާމިޔާބީއާއެކު، އިޔާޒު ވިދާޅުވީ ފިކުރެއްގެ ނިމުން ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

"ފިކުރެއްގެ ނިމުން" ކަމަށް ވިދާޅުވެ، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު، ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ޓީމަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އިޔާޒު ތާއީދު ކުރައްވަމުން ގެންދެވީ ރައީސް ޞާލިޙަށެވެ. އިޔާޒު ރައީސްއަށް ތާއީދު ކުރެއްވިއިރު، ރައީސް ޞާލިޙު ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ނުުކުންނަވާނީ ކޯލިޝަނާއެކުގައިކަން ހާމަކުރައްވައިފައެވެ.

އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީ އަކީ މި ސަރުކާރުގެ އެއް ކޯލިޝަން ބައިވެރިޔާއެވެ. އިޔާޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކާމިޔާބީ އަކީ މާތް ރަސްކަލާނގެ ދެއްވާ އެއްޗެއް ކަމަަށާއި، ކަމެއް ކާމިޔާބު ވުމުން، އެކަން ފާހަގަ ކުރަންވެސް ޖެހޭނެ ކަމަށެވެ.

 

 

މި އިންތިޚާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތައެވެ.

އިއްޔެގެ އިންތިޚާބުގައި މާލެ، ފުވައްމުލައް، އަދި އައްޑޫ ސިޓީންވެސް މެޖޯރިޓީ ނެންގެވީ ރައީސްއެވެ. ރައީސް ނަޝީދަށް ހަމައެކަނި ލިބިވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއެވެ. މާލެއިން ރައީސްއަށް 1،719 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 1602 ވޯޓެވެ.

އައްޑޫން ރައީސްއަށް 2،461 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 2،147 ވޯޓެވެ. ފުވައްމުލައް ސިޓީން ރައީސްއަށް 773 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 699 ވޯޓެވެ.

Ads by Ooredoo
  1. ކެޔޮޅުބެ

    މީކީއްވެގެން އުޅޭ މޮޔައެއްތަ.ކަލޭތީ ދީން ވިއްކާމީހެކޭ ލާރިދޭކޮޅަކައް ވިކޭ ސޭކެއް. ކަލޭދައްކާ ވާހަކަ އަޑުު އަހާމީހުންނެއް ނެތޭ މޮޔަޔާ.

    • ޢަހު

      އަސްލުވެސް ޢިޔާޒަކީ މިގައުމުގަ ފިތުނަފަސާދަ އުފައްދާ ބުރާންތި ޝޭޚެއް

    • ލުޖައިންއެމްވީ

      ޚިޔާލުފާޅުކުރުމުގެ މިނިވަން ކަަމަކީ މީހުންގެ އަބުރަށް އެރުމެއް ނޫން!
      ޑރ.އިޔާޒު އާދިމާލަށް ހަޑިހުތުރު ސާބިތު ނުހިފޭ ކަހަލަ އެއްޗެހި ބުނުމަކީ ދެރަ ކަމެއް.

  2. ނާޅި

    އިސްލާމް ދީން ފިޔަވާ ދެންހުރި ހުރިހާ ފިކުރުތަކަކީ ބާތިލް ފަނާވެދާނެ ފިކުރުތަކެއް ދެމި އޮންނާނެ ހަމަ އެކަނި ފިކުރަކީ އިސްލާމް ދީން !