ޚަބަރު

ވައިކަރަދޫގައި ރޯ ހައުސް އަޅައިދޭނަން: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހދ.ވައިކަރަދޫގައި ރޯ ހައުސް އަޅުއްވައިދެއްވާނެ ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިނުގައި ވައިކަރަދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރައީސް ޞާލިޙު ވިދާޅުވީ، ގެދޮރުގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން، ވައިކަރަދޫގެ އިތުރުން، ހދ.ކުމުންދޫގައި ވެސް ރޯ ހައުސް އަޅުއްވައިދެއްވާނެ ކަމަށެވެ.

"އަދި މި ރަށުގެ ބޮޑެތި މަގުތައް، ތާރު އަޅައި، ޒަމާނީ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން."

ރައީސް ޞާލިޙު ވަނީ އެރަށުގެ ބަނދަރުގެ ތޮށި ބަދަލުކޮށް، މޫދަށް އެރެވޭނެ ސަރަހައްދެއްވެސް ހަދައިދެއްވާނެ ކަމަށެވެ. އަދި އެ ރަށުގައި ސްކޭޓް ޕާކެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޖާގަ ތަނަވަސް، އިތުރު މިސްކިތެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، މި ރަށުގައި އަޅައިދޭނަން."

ވައިކަރަދޫ އަކީ ދަނޑުވެރި ރަށަކަށް ވުމާއިއެކު، ރަށުގެ ރައްޔިތުންނަށް ދަނޑުވެރިކަމުން ނަފާ ލިބިގެންދާނެ ގޮތް ހެދުމަށްޓަކައި، އެ ސަރަހައްދަށް ކާގޯ ފެރީގެ ޚިދުމަތް ތަޢާރަފު ކުރައްވާނެ ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!