Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޤައުމަށް ފައިދާ ހުރި ގޮތަކީ ރައީީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން: އުގެއިލް

ޤައުމަށް ފައިދާ ހުރި ގޮތަކީ ރައީީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން: އުގެއިލް

ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ކުރިއަށް އޮތް ފަސް އަހަރުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގައި ހުންނެވުން ކަމަށް ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުޑަ އިރުކޮޅެއް ކުރިން އުގެއިލް ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް އަޅުގަނޑު ދެކެން." އޭނާ ވިދާޅުވިއެވެ.
އުގެއިލް އިތުރަށް ވިދާޅުވީ މި ސަރުކާރު ބަދަލުވެއްޖެނަމަ ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ ކަމަށެވެ. އަދި މިއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށާއި، ގަސްތުގައި ނުކުރެއްވިޔަސް މިއީ ތަބީއީ އާދައެއް ކަމަށެވެ.
"ވުމާއެކު އަޅުގަނޑު ތާއިދު ކުރަނީ ނުހުއްޓި ރައީސް ސާލިހާއެކު ކުރިޔަށް ދިޔުމަށް."
އުގެއިލް ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވިއިރު، އޭނާ މީގެ ކުރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް