Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

"ފިކުރެއްގެ ދިރުން" ގޮފިތަކަށް ޖުލައި މަހުގެ ކުރިން 50،000 މީހުން ހަމަކުރަންޖެހޭ: ނަޝީދު

"ފިކުރެއްގެ ދިރުން" ގޮފިތަކަށް ޖުލައި މަހުގެ ކުރިން 50،000 މީހުން ހަމަކުރަންޖެހޭ: ނަޝީދު
އެމްޑީޕީން ވަކިވެ ވަޑައިނުގަންނަވާނެކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އުފައްދަވަން މަސައްކަތްކުރާ "ފިކުރެއްގެ ދިރުން" ގޮފިތަކަށް އަންނަ ޖުލައި މަހުގެ ކުރިން 50،000 މީހުން ހަމަކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބަށް ނުކުތްއިރު ވާދަވެރިންވަނީ ވަކި ލިސްޓެއް ހަދާފައިކަމަށެވެ.
"އަޅުގަނޑަށް ފެންނަތަނުގައި އިންތިހާބަށް ނުކުތް އިރުގައި އަޅުގަނޑުގެ ވާދަވެރިންވަނީ ވަކި ބޮޑު ދެ ލިސްޓެއް ހަދާފައި އެލިސްޓުގައި މިޕާޓީގެ 39000 މީހުން ނުހިމެނޭ. މިޕާޓީގެ 39000 މީހުން ވަކި ކުރެވި ވަކި ގޮތަކަށް ހަދާފައިވާ ލިސްޓަކަށް އަޅުގަނޑުމެން ވޯޓް ލަމުން ދިޔައީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބަށް ކުރިމަތިލީ ވެސް އެގޮތައް އޮތް ލިސްޓެއް އޮތްކަން އެނގިތިބެކަމަށެވެ. އަދި އެލިސްޓުންވެސް ކާމިޔާބު ލިބިދާނެކަމުގެ އުއްމީދެއް އޮތްކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެލިސްޓުން ކުޑަކުޑަ ތަފާތަކުން ބަލިވީ ނަމަވެސް މުޅި ޕާޓީގެ ތާއިދުން އެމަނިކުފާނު މޮޅުވާނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބަ އޮތްކަމަށެވެ. މީގެ އިތުރުން މިހާރު ހޮވުނު ކެންޑިޑޭޓާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ވިދާޅުވެ އެމަނިކުފާނު ހުށައަޅުއްވަނީ ފިކުރެއްގެ ދިރުން ގޮފި އުފައްދައިވި 50،000 މީހުން އެގޮތްޕާއި ގުޅުމަށް ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް