ޚަބަރު ވިޔަފާރި

ފާއިތުވި އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.48 ބިލިއަން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފާއިތުވީ 2022 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އަށް ސާފުފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Sosun Fihaara

ބީއެމްއެލުން އާއްމުކޮށްފައިވާ ފާއިތުވީ އަހަރުގެ ފަހު ކުއާޓަރގެ މާލީ ރިޕޯޓުގައި ބުނެފައިވާގޮތުން އެކުއާޓާގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ އެކުންފުންޏަށްވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.48 ބިލިއަށް ރުފިޔާ ލިބިފައެވެ.

2022 ވަނަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

އަދި އެއަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ.

ބީއެމްއެލްއިލް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެކުންފުނީގެ ބްރާންޗްތައް އޮޕަރޭޓް ކުރަމުންއަންނަ އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން 500 މީހުންނަށް ވުރެ އާބާދީ ބޮޑެތި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް މަސައްކަތްފަށާފައިވާކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!