ޚަބަރު ޝަރުޢީ ދާއިރާ

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖޭއެސްސީިއިން ވިދާޅުވީ އޭނާއާއި މެދު ސުލޫކީ މައްސަލައެއް ބެލުމަށް ނިންމީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

"ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ޢަމަލުކޮށްފައިވާ ތުހުމަތުކުރާ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 2023 ޖަނަވަރީ 18 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 5 ވަނަ ޖަލްސާގައި ނިންމާ ތަޙްޤީޤު ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ." ޖޭއެސްސީ އިން ވިދާޅުވިއެވެ.

ފަނޑިޔާރުންނާއި ދެކޮޅަށް ހުށައެޅޭ މިފަދަ މައްސަލަތައް ޖޭއެސްސީން ބަލައި ބައެއް ފަނޑިޔާރުންނާއި ދޭތެރޭ ވަނީ ފިޔަވަޅުވެސް އަޅާފައިކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!