ޚަބަރު ވިޔަފާރި

ބީއެމްއެލްއިން ޑޮލަރު ލިމިޓު އުވައިލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުތަކުން މަހެއްގެ މައްޗަށް 2،000 ޔޫއެސް ޑޮލަރު ނެގޭގޮތަށް އޮތް އޮތުން އެ ބޭންކުން އުވައިލައިފިއެވެ.

Ads by Hajj Corporation

ބީއެމްއެލްގެ އޭޓީއެމް އަދި ބްރާންޗު މެދުވެރިކޮށް މަހެއްގެ މައްޗަށް ޑޮލަރު ނެގޭނެ ލިމިޓެއް ކަނޑައެޅީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އޭގެ ފަހުން ތިން އަހަރެއްހާ ދުވަސް ވަންދެން މިއުސޫލު އޮތީ ދަމަހައްޓައިފައެވެ.

މިއަދު ބީއެމްއެލްއިން ކުރި އިޢުލާނެއްގައި ބުނީ ޑޮލަރު ނެގުމުގައި ކަނޑައަޅާފައި އޮތް ލިމިޓު އުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާމުއި ގައި ހުންނަ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ އެވެ.

މީގެ އިތުރުން ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ވެސް މިއަދުން ފެށިގެން ލިބޭނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ބީއެމްއެލްއިން ވަނީ އެބޭންކުގެ ކާޑުތަކަށް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ހިންގުމަށްވެސް ލިމިޓެއް ކަނޑައަޅައިފައެވެ.

މި ލިމިޓު އަދި އުވައެއް ނުލަ އެވެ. ބޭންކުން ބުނީ ބޭރުގެ މުއާމަލާތްތަކަށް ކްރެޑިޓް ކާޑުން އަދިވެސް ހިންގޭނީ މަހެއްގެ މައްޗަށް 750 ޑޮލަރު ކަމަށެވެ. ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ މީހުން ބޭނުންކުރާ ބޭންކެވެ. އެބޭންކުން ދަނީ ކޮންމެ އަހަރަކުވެސް ސާފު ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ހޯދަމުންނެވެ. މިދިޔަ އަހަރު އެކަނިވެސް ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއިން ވަނީ 1.4 ބިލިއަން ރުފިޔާ ހޯދައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!