ޗެކް ރިޕަބްލިކްގެ ރައީސް ޓައިވާނަށް ގުޅުއްވުމުން ޗައިނާގެ ނުރުހުން
ޗެކް ރިޕަބްލިކްގެ އިންތިޚާބީ ރައީސް ޕެތްރު ޕަވެލް ތައިވާނުގެ ރައީސް ސައި އިންގް-ވެންއާއި ޚާރިޖީ ވަޒީރު ޖޯސެފް ވޫއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވުމުން ޗައިނާއިން އެ ކަމާ ނުރުހުން ފާޅުކޮށްފިއެވެ. ޗައިނާގެ ބަޔެއްގެ ގޮތުން އެ ޤައުމުން ދެކޭ ތައިވާން ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަހެރި ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ.
ތައިވާނުގެ ވެރިންނާ ޕަވެލް ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވުމުން އެ ކަމާމެދު ނުރުހުން ފާޅުކޮށް ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ، ޗައިނާއިން ދަމާފައި އޮތް ރަތް ރޮނގެއް ޕަވެލް ހުރަސްކުރައްވާފައިވާ ކަމުގައެވެ. އަދި، މިއީ ޗައިނާގެ ދާޚިލީ ކަމެއްގެ ތެރެއަށް ތަދައްޚުލުވުމުގެ ގޮތުގައި ސިފަކޮށް، ޕަވެލްގެ އަމަލުތަކުގެ ސަބަބުން ޗައިނާ ރައްޔިތުން ހިތުގައި ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި، މި ކަމުގެ ސަބަބުން ޗައިނާއަށް ކޮށްފައިވާ ނޭދެވޭ އަސަރު ބަދަލުކުރުމަށް މިހާރުންމިހާރަށް ފިޔަވަޅުތަކެއް އެޅުމަށް ޕަވެލްއަށް ގޮވައިލައްވާ ކަމުގައި ވެސް ނިންގް ވިދާޅުވިއެވެ. އަދި، ޕަވެލްގެ އަމަލުތަކުގެ ސަބަބުން ޗައިނާއާއި ޗެކް ރިޕަބްލިކާ ދެމެދު އޮތް ގުޅުން ހީނަރުވިޔަ ނުދިނުމަށް އެދިވަޑައިގަންނަވައި، އެއް ޗައިނާ ސިޔާސަތަށް އިޙުތިރާމު ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.
އިންގް-ވެންއާ އެކު ފޯނުން ދެއްކެވި ވާހަކަފުޅުގައި ދެ ފަރާތަށް ފައިދާކުރަނިވި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، މިނިވަންކަމާއި، ޑިމޮކުރަސީއާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމުގައި ޕަވެލް ވިދާޅުވިއެވެ. އަދި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ދެބޭފުޅުން ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އިންގް-ވެން އަރިހުގައި ދެންނެވި ކަމުގައި ޕަވެލް ވިދާޅުވިއެވެ.
ޕަވެލްއަކީ 2015 އިން 2018 ވަނަ އަހަރާ ދެމެދު ނޭޓޯގެ އަސްކަރިއްޔާއާ ބެހޭ ކޮމިޓީގެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޗައިނާއާ ދުރު ބޭފުޅެއްގެ ގޮތުގައި ފެނުނު ނަމަވެސް، ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް މިލޯޝް ޒެމާންއަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިންގއާ އެކު ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ޒެމާންގެ ރި