ޚަބަރު ސިޔާސީ

ވެރިކަން ކުރަން، ރައީސް ޔާމީން ވަރުގެ ބޭފުޅެއް ނެތް: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު--

ދިވެހިރާއްޖޭގައި ވެރިކަން ކުރަން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވަރުގެ ބޭފުޅެއް ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ހަރަކާތުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.

އާދަމް ޝަރީފު ވިދާޅުވީ 2018 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ޙުކުމާއެކުގައި، އޭރު ފެނިގެން ދިޔައީ ރައީސް ޔާމީންގެ ކެތްތެރިކަމާއި، ޙިކުމަތްތެރިކަން ކަަަމަށެވެ. އަދި ޤާނޫނީ ވެރިކަން ދަމަހައްޓަން ކުރެއްވި މަސައްކަތްވެސް ފެނިގެން ދިޔަ ކަަމަށާއި، ރައީސް ޔާމީންގެ ޚިކުމަތްތެރިކަމަށްޓަކައި ފަޚުރުވެރިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ޤައުމަށް މިހާރުވެސް ބޭނުންވަނީ އެފަދަ ވެރިއެކެވެ.

"ވަރަށް އުފާ ކުރަން ތިޔަ ބޭފުޅުންނާއެކު ކޮންމެ ރެއަކު، މި ހޭދަ ކުރެވޭ ވަގުތުތަކަކީ، އަޅުގަނޑުގެ ހިތުގައިވެސް ތިބޭފުޅުންނަށްޓަކައި ޚާއްސަ ގަދަރެއް، މި ޤައުމަށްޓަކާ މަސައްކަތް ކުރާނެ އެތައް ބަޔަކު ތިބިކަމުގެ ހިތްހަމަޖެހުން ހަމަ ގައިމުވެސް އަޅުގަނޑަށްވެސް ލިބޭ ވަގުތެއް."

އާދަމް ޝަރީފު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެ ގޮތް ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާއި، އެ ދެ ޕާޓީގެ އާންމު މެމްބަރުންވެސް ބޭނުންވަނީ، ރައީސް ޔާމީނަށް ދެވަނަ ފަހަރަށް ވެރިކަން ލިބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހަންބެ

    އާދަންބެ ނުބައިކޮށް ތިކިޔަނީ ވައްކަން ކުރަން އެވަރުގެ މީހަކު ނުހުންނާނެ އެހެން ބުނަންވީމަ ތިއޮޅުނީ ދޯ

  2. ރއްޔައްތުން

    ވެރިކަންކީކުރަން ވައްކަންކުރަންވެސް ތިޔަވަރުގެ ބޭފުޅެއް މިއުޑުބަޅުކުރެއްވިހިސާބުގަވެސްނުހުންނާނެ ތިއައީތެދުފުޅެ

  3. އާދަންބެއަށް އޮޅިގޭންބުނެ.ވުނީއެވީމާ ޗުކީ ވއްކައްމާއީއޮޅުވާލުމައް.އެވަރުގެ ބޭފުޅެއްނުހުންނާއެވެ.

  4. ސޭކުސްތާން

    ރައީސްޔާމީން އެއީ ދިވެހިޤަވްމަށް ލިބިފައިވާ އިލާހީ ޢިނާޔަތެއް.